ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
އަދަބީ މުބާރާތްތަކަށް އިންސާފުކުރާނެ ފަނޑިޔާރުން ހޯދުން

 

2023ވަނަ އަހަރުގެ އަދަބީ ކަލަންޑަރުގައި މި އެކެޑަމީން ކަނޑައަޅައިފައިވާ އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 38ވަނަ ޤައުމީ މުބާރާތާއި އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ހަނދާނީ ވާދައިގެން ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 35ވަނަ ޤައުމީ މުބާރާތާއި ހުތްޢަލިދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ ޅެންހެދުމުގެ 26ވަނަ ޤައުމީ މުބާރާތަށް ބައިވެރިން ހުށަހަޅައިފައި ވާ ތަކެއްޗަށް އިންސާފުކޮށް، މާކުސްދޭން މި އެކެޑަމީން ބޭނުންވެއެވެ. އެހެންކަމުން، އެ މުބާރާތްތަކަށް އިންސާފުކޮށްދެއްވާން ޝައުޤުވެރިކަން ހުރި ފަރާތްތަކުން ތިރީގައި ވާ ގޫގްލް ފޯމު މެދުވެރިކޮށް މި އެކެޑަމީއަށް އެކަން ލިޔުމުން ހުށަހެޅުއްވުން އެދެމެވެ.

ފޯމު: https://forms.gle/bGd1b1PnEapyWyFw5

މިކަމަށް އެދި، ފޯމު ހުށަހަޅުއްވާ ފަރާތްތަކުން، އެފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ބައިވެރިންގެ ވަނަވަރާއި ސެޓުފިކެޓުތަކުގެ ކޮޕީ ވެސް ހުށަހަޅުއްވަންވާނެއެވެ. މިކަމަށް އެދޭ ފަރާތްތަކުން 2023 ޑިސެންބަރު 6 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން ފޯމު ހުށަހަޅުއްވަންވާނެއެވެ.

މި މުބާރާތްތަކަށް އިންސާފުކުރުމުގެ މަސައްކަތް އޮންނާނީ 2023ވަނަ އަހަރުގެ ޑިސެންބަރު މަހުއެވެ.

އިތުރު މަޢުލޫމާތު މި އެކެޑަމީގެ ނަންބަރު: 7986230އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

30 ނޮވެންބަރު 2023
ހޯދާ