ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2023 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެގޮތުން ބޭވުމަށް ހަމަޖެހިފައިވާ މަސްރޭހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

2023 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މަސްރޭހެއް ބޭވުމަށް ވަނީ ހަމަޖެހިފައިއެވެ. މި މަސްރޭސް ބޭވުމަށް ހަމަޖެހިފައި ވަނީ 09 ޑިސެމްބަރ 2023 ވާ ހޮނިހިރު ދުވަހުއެވެ. މި މަސްރޭހުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މަސްރޭހުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު، 07 ޑިސެންބަރު 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ހުށައެޅުއްވުމަށް ދަންނަވަމެވެ. މަސްރޭހުގައި ބައިވެރިވުމަށް  އެދޭ ފޯމާއި، ގަވާއިދު މި އިއުލާނާއެކު ޢާއްމު ކުރީމެވެ. އަދި  ރަސްމީ ގަޑީގައި މި އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އިތުރުމަޢުލޫމާތު ހޯއްދެވުމަށް 6528117 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

30 ނޮވެންބަރު 2023
ހޯދާ