މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕިކްނިކް އޭރިޔާގައި ހެދިފައިވާ ވޯޓަރ ވިލާ ހަޓްގެ ފުރާޅާއި ޑެކް މަރާމާތު ކޮށްދޭނެ ފަރާތެއްހޯދުން

ކިހާދޫގެ ޕިކްނިކް އޭރިއާގައި ހެދިފައިވާ ވޯޓަރ ވިލާގެ ހަޓްގެ ފުރާޅާއި ޑެކް މަރާމާތުކޮށްދޭނޭ ފަރާތެއް ބޭނުން ވެއްޖެއެވެ.

               ވިމާ މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެ ވާ ފަރާތްތަކުން 05 ޑިސެމްބަރ 2023 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00 ކުރިން މަސައްކަތުގެ އަގު (ކޮޓޭޝަން ނުވަތަ އަގު ހުށަޅާފޯމު) ހުށަހެޅުއްވުން އެދެމެވެ. ކޮޓޭޝަން/އަގުހުށަހަޅާ ފޯމާއެކު އަގުހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެކޮޕީ ނުވަތަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. އަދި މަސައްކަތް ނިންމޭނެ މުއްދަތު ކޮޓޭޝަންގައި ހިމަނަންވާނެއެވެ.

 މި މަސައްކަތުގެ މައުލޫމާތު ކަރުދާސް މި އިއުލާނާއެކު ޢާއްމު ކުރެވިފައިވާނެއެވެ.

              މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

30 ނޮވެންބަރު 2023
ހޯދާ