މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާފަރު އިންޖީނުގޭ އުތުރުފަރާތު މަގުން އިރުމައްޗަށް ވާގޮތަށް އަލަށް ހަދާފައިވާ މަގުގައި ހުރި 6 ރުކުގެ ވެރި ފަރާތް ހޯދަން ބޭނުން ވެއްޖެއެވެ.

               މާފަރު އިންޖީނުގޭ އުތުރުފަރާތު މަގުން އިރުމައްޗަށް ވާގޮތަށް އަލަށް ހަދާފައިވާ މަގުގައި ހުރި 6 ރުކުގެ ވެރި ފަރާތް ހޯދަން ބޭނުން ވެއްޖެއެވެ.

               އެ ސަރަހައްދުގައި ހުރި ރުއްގަހުގެ ވެރިފަރާތްތަކުން ރުކުގައި ޖަހާފައިވާ ނަމްބަރާއި ރުކުގެ މޮޅު ދެރަ މިން (ކަނދުބުޑުލީ ، ކަނދުބުޑުނުލާ ކުރުއްޕަތް ރުއް) ވަކިން، ތަފްޞީލާއެކު ޢަދަދު އެނގޭނެހެން 4 ޑިސެމްބަރ  2023 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން  މި އިދާރާއަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ. މި 6 ރުއް ހުރި ސަރަހައްދު ވާނީ ކަޅުކުލައިގެ ވަށްބޮޅަކުން ޗާޓުގައި ފާހަގަ ކުރެވިފައެވެ. މި 6 ރުކުގައި ވާނީ ރަތްކުލައިގެ ރަސްގެއަކުން ފާހަގަ ކުރެވިފައެވެ.

                މިކަމަށް އެދި ސިޓީ ހުށަހަޅާއިރު ރުކުގެ ވެރިފަރާތައް ބަދަލު ދިނުމަށްފަހު ރުއް ނެގުމާއި މެދު ރުކުގެ ވެރިފަރާތުގެ އިޢުތިރާޒެއް ނެތްކަމުގައި ސިޓީގައި ހިމަނަންވާނެއެވެ. އަދި، މިމުއްދަތުގައި އެއްވެސް ފަރާތަކުން ސިޓީ ހުށަހަޅުއްވާފައި ނުވާނަމަ، ބެލޭނީ އެއްވެސް ފަރާތެއްގެ ރުކެއް، އެސަރަޙައްދުގައި ނެތީކަމުގައެވެ.

                އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާނަމަ، 6560005 ނަންބަރާއި ގުޅުއްވުން އެދެމެވެ.

               މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

     16 ޖުމާދަލްއޫލާ 1445

30 ނޮވެންބަރު 2023
ހޯދާ