މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ޢިމާރާތެއް ކުއްޔަށް ހިފުމަށް

މިމިނސްޓްރީގެ ދަށުން ހިންގަމުންގެންދާ އދ. މަހިބަދޫ ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރު ހިންގުމަށް ޢިމާރާތެއް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެއެވެ.

ވީމާ، ޢިމާރާތް ކުއްޔަށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 19 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް އދ. މަހިބަދޫ ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 29 މާރިޗު 2015 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށް އދ. މަހިބަދޫ ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

20 ޖުމާދަލްއޫލާ 1436

15 މާރިޗު 2015
ހޯދާ