ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2021 އަދި 2022 ވަނަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަތޮޅު ތެރެއިން ރަޖިސްޓްރީވެފައިވާ ފަރާތްތަކާއި 2023 ވަނަ އަހަރު ދަފްތަރުގައި ހިމެނިފައިވާ ފަރާތްތަކުން ރިވިއު ފޯމު ހުށަހެޅުމާއި ގުޅޭ

2021 އަދި 2022 ވަނަ އަހަރު ގދ. ނަޑެއްލާގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ ހުރިހާ ފަރާތްތަކުން، "ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަންނަ ފޯމު" 25 ޑިސެމްބަރު 2023ގެ ކުރިންހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މީގެއިތުރުން، 2023 ވަނަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން އަންނަނިވި ޙާލަތްތައް މެދުވެރިވެފައިވާ ފަރާތްތަކުންވެސް މިފޯމު މިތާރީޙުގެ ކުރިންހުށަހެޅުމަށް ދަންނަވަމެވެ. 

  1. ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ރަށް ފިޔަވައި އެހެން ރަށަކަށް ދިރިއުޅުން ބަދަލުކޮށްފައިވާ ފަރާތްތައް.
  2. ރަޖިސްޓްރީވި ފަހުން، ކައިވެނީގެ ޙާލަތަށް ބަދަލު އައިސްފައިވާ (ކައިވެނި ނުވަތަ ވަރިވެފައިވާ) ފަރާތްތައް.
  3. ރަޖިސްޓްރީވި ފަހުން، ވަޒީފާ ލިބުމުގެ ސަބަބުން ދިރިއުޅުމުގެ ޙާލަތު ބަދަލުވެފައިވާ ފަރާތްތައް.
  4. ރަޖިސްޓްރީވި ފަހުން 18 އަހަރު ފުރިފައިވާ ފިރިހެނުންނާއި، 65 އަހަރު ފުރިފައިވާ މީހުންނާއި، 25 ޑިސެމްބަރ 2023 ގެ ނިޔަލަށް 18 އަހަރު ފުރޭ ފިރިހެނުން އަދި 65 އަހަރު ފުރޭ މީހުން ހިމެނޭ ޢާއިލާތައް.

އަދި، 25 ޑިސެމްބަރު 2023 ގެ ކުރިން މިފޯމު ހުށަހަޅާފައިނުވާ ފަރާތްތައް ދަފްތަރުން އުނިކުރެވޭނެކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އަންގަވާފައިވާތީ، މިކަމަށް ޙާއްސަ ސަމާލުކަމެއް ދެއްވުން އެދެމެވެ. ފޯމު ބަލައިގަތުން އޮންނާނީ  03 ޑިސެމްބަރު 2023 އިން ފެށިގެން 25 ޑިސެމްބަރު 2023 ގެ ނިޔަލަށެވެ. ފޯމު ދޫކުރުމާއި ބަލައިގަތުން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި މިއިދާރާގައި ކުރިއަށްދާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6840007 އަށް ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

30 ނޮވެންބަރު 2023
ހޯދާ