މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަލަސްތީނަށް އެހީވުން

އިޢުލާން

ފަލަސްތީނަށް އެހީވުމުގެ މާތް މަޤުޞަދުގައި ބިދަބިން އިވެންޓްސް އަދި ކަނބަލުން ގުޅިގެން “For Palestine” ގެ ނަމުގައި ދެދުވަހުގެ ކެމްޕޭނެއް ވަނީ ފަށާފައެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން ރާއްޖޭގެ ހުރިހާ ރައްޔިތުން ހިމެނޭގޮތަށް މި ކެމްޕެއިން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ހުރިހާ ރަށަކަށް އަމާޒުކޮށްގެން، މި ހިންގާ ކެމްޕެއިންގެ އަމާޒަކީ "ކޮންމެ ދިވެހި ރައްޔިތަކީ ފަލަސްތީނަށް މަދުވެގެން 5 ރުފިޔާ ހަދިޔާކުރާ މީހަކަށް" ހެދުމެވެ. އެގޮތުން ކޮންމެ ރައްޔިތެއްގެ ނަމުގައި 5 ރުފިޔާ ހަދިޔާކޮށްފިނަމަ އެންމެންގެ ހަދިޔާ އެއްކޮށްލުމުން ރަނގަޅު އަދަދެއް ހަދިޔާ ކުރެވިގެން ދިއުމެވެ. އަދި ފަލަސްތީނަށް ދިމާވެފައިވާ މިހާލަތުގައި ހުރިހާ ރައްޔިތުންނަކީވެސް އެއްވެސް މީހެއް ބާކީނުވާގޮތަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ބައެއްގެ ގޮތުގައި އިހުސާސްވެގެން ދިއުމެވެ.

މިކެމްޕެއިން އާއި ގުޅިގެން ރަސްފަންނުގައި ޑިސެމްބަރ 1 އަދި 2 އަށް ކުރިއަށް ގެންދާ ހަރަކާތްތަކުގައި (ފަންޑް ރެއިޒިން އިވެންޓް ތައް- މިޔުޒިކާއި ނުލާ) އެހީތެރިކަން ފޯރުކޮށްދީފައިވާ ހުރިހާ މަދަދުވެރިންގެ ނަންތައް ހިމެނޭ ޕޯސްޓަރެއް، އިވެންޓް ކުރިއަށްދާ ސަރަހައްދުގައި ބެހެއްޓޭނެކަމަށް މި އިވެންޓް ބާއްވާ ފަރާތުންވަނީ މަޢުލޫމާތު ދެއްވާފައެވެ.

ވީމާ ފަލަސްތީނަށް އެހީތެރިވުމުގެ ގޮތުން ބިދަބިން އިވެންޓްސް އަދި ކަނބަލުން ގެ ފަރާތުން ކުރިއަށްގެންދާ ހަރަކާތުގައި ބައިވެރިވެ ފައިސާގެ އެހީ ފޯރުކޮށްދެއްވަން ބޭނުންވާ ފަރާތްތަކުން "އިންޓަރނެޝަނަލް އެއިޑް ކެމްޕެއިން" ގެ އެކައުންޓަށް (އ/ކ ނަމްބަރު: 7770000062741) ފައިސާ ޖަމާކުރެއްވުމަށްފަހު ސްލިޕް 9192682 އަށް ވައިބަރކޮށްދެއްވުމަށް އިވެންޓް ކުރިއަށްގެންދަވާ ފަރާތުން ވަނީ އަންގަވާފައެވެ.

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.

30 ނޮވެންބަރު 2023
ހޯދާ