މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.ކަނދޮޅުދޫ ރަށްވެހިންނަށް އައިޑީ ކާޑު ހެއްދުމުގެ މުއްދަތު އިތުރުކުރުމާއި ގުޅޭ

             

އިޢުލާން

                 ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން އިން ވަނީ ރ.ކަނދޮޅުދޫ ރަށްވެހިންނަށް 2023 ޑިސެމްބަރު 31 ނިޔަލަށް އައި.ޑީ ކާޑު ހެއްދުމުގެ ފުރުސަތު އިތުރުކުރެވިފައެވެ. މިމުއްތަދުގެ ފަހުން ރ.ކަނދޮޅުދޫ ރަށްވެހިންގެ ގޮތުގައި އައި.ޑީ ކާޑު ނުހެއްދޭނެ ވާހަކަ ދަންނަވަމެވެ.

                  އެހެން ކަމުން ރ.ދުވާފަރު ގެތައް ރަޖިސްޓްރީ ކޮށް ދުވާފަރުގެ ރަށްވެހިންގެ ގޮތުގައި ވީހާއަވަހަށް ރަޖިސްޓްރީ ވުމަށް ދަންނަވަމެވެ. އަދި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ އައިޑީ ކާޑު ޕޯޓަލް މެދުވެރިކޮށް އައި.ޑީ ކާޑު  ހެދޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

 

                   ވީމާ، މިކަން  ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

                  16 ޖުމާދަލްއޫލާ   1445

                   30 ނޮވެމްބަރު   2023  

30 ނޮވެންބަރު 2023
ހޯދާ