މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުޙައްމަދު އަބޫބަކުރު ޕްރީސްކޫލްގެ ވެލިކުޅޭސަރަހައްދަށް ދޮންވެލި އަޅާދޭނެ ފަރާތެއްހޯދުން

              މިކައުންސިލްގެ ފަރާތުން ހިންގަމުންގެންދާ މުޙައްމަދު އަބޫބަކުރު ޕްރީސްކޫލްގެ ވެލި ކުޅޭ ސަރަހައްދަށް ދޮންވެލި އަޅާދޭނެ ފަރާތެއް ހޯދަންކުރި މިއިދާރާގެ ނަންބަރު (IUL)316/316/2023/106 (27 ނޮވެމްބަރ 2023) އިޢުލާނާގުޅިގެން އެއްވެސް ފަރާތަކުން ކޯޓޭޝަން  ހުށަހަޅާފައިނުވާތީ މި އިޢުލާން ބާޠިލްކޮށް  އަލުން  މި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

               ވިމާ މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2023 ޑިސެމްބަރ 04 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ކުރިން މަސައްކަތުގެ އަގު (ކޮޓޭޝަން ނުވަތަ އަގު ހުށަޅާފޯމު) ހުށަހެޅުއްވުން އެދެމެވެ. ކޮޓޭޝަން/އަގުހުޝަހަޅާފޯމާއެކު އަގުހުށަހަޅާފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެކޮޕީ ނުވަތަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. އަދި މަސައްކަތް ނިންމޭނެ މުއްދަތު ކޮޓޭޝަންގައި ހިމަނަންވާނެއެވެ.

                              މި މަސައްކަތާގުޅޭގޮގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ނަންބަރު 6600053 އަށް ގުޅުއްވައި މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

              މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

30 ނޮވެންބަރު 2023
ހޯދާ