ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައުވެގެންނާއި ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުން

މި އިދާރާއިން ބާވެގެންނާއި، ހަލާކުވެގެން ނަގާފައިވާ ބައެއް ތަކެތީގެ ނީލަންކިޔުން 07 ޑިސެމްބަރު 2023 ވާ ބުރަސްފަތި ދުވަހު ކުރީގެ ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ. މި ނީލަމުގައި ހިމެނޭ ތަކެތީގެ ލިސްޓް، ތަކެތީގެ ނީލަން ފެށުމަށް ހަމަޖެހިފައިވާ އަގު އެގޭނެހެން މި އިޢުލާނާއި އެކު ބެހެއްޓިފައި ހުންނާނެއެވެ.

ވީމާ މި ނީލަމުގައި ބައިވެރިވެ ވަޑައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން 07 ޑިސެމްބަރު 2023 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް ކުރީގެ ކައުންސިލްގެ އިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ. ނީލަމުގައި ތަކެތި ނަންގަވާ ފަރާތްތަކުން 10 ޑިސެމްބަރު 2023 ވާ އާދިއްތަ ދުވަހުގެ 10:30 ގެ ކުރިން މި އިދާރާއަށް ފައިސާ ދައްކަވައި ތަކެތި ގެންދަން ވާނެއެވެ. މި މުއްދަތުގައި ފައިސާ ދައްކައި ތަކެތި ނުގެންދާ ފަރާތްތަކުގެ ނީލަން ބާޠިލުކޮށް އަލުން އެ ތަކެތި ނީލަން ކިޔޭނެއެވެ. ނުވަތަ ތަކެތި ނައްތައިލެވޭނެއެވެ.

29 ނޮވެންބަރު 2023
ހޯދާ