އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނިފައިވާ ފަރާތްތަކުން ރިވިއު ފޯމު ހުށަހެޅުމާއި ގުޅޭ

އިޢުލާން

 

2021 އަދި 2022 ވަނަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކާއި، 2023 ވަނަ އަހަރު ދަފްތަރުގައި ހިމެނިފައިވާ ފަރާތްތަކުން ރިވިއު ފޯމު ހުށަހެޅުމާއި ގުޅޭ.

          2021 އަދި 2022 ވަނަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ހުރިހާ ފަރާތްތަކުން، "ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަންނަ ފޯމު" ފުރިހަމަ ކުރެއްވުމަށްފަހު 25 ޑިސެމްބަރ 2023 ގެ ކުރިން ފޯމު ހުށަހެޅުވުމަށް ދަންނަވަމެވެ.

މީގެ އިތުރުން 2023 ވަނަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން  އަންނަނިވި ޙާލަތްތައް މެދުވެރިވެފައިވާ ފަރާތްތަކުންވެސް "ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަންނަ ފޯމު" ހުށަހަޅުއްވަން ވާނެއެވެ.

  1. ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ރަށްނޫން އެހެން ރަށަކަށް ދިރިއުޅުން ބަދަލުވެފައިވާ ފަރާތްތައް
  2. ދަފްތަރުގައި ރަޖިސްޓްރީވިފަހުން ކައިވެނީގެ ޙާލަތަށް ބަދަލުއައިސްފައިވާ (ކައިވެނި ނުވަތަ ވަރިވެފައިވާ) ފަރާތްތައް
  3. ދަފްތަރުގައި ރަޖިސްޓްރީވިފަހުން ވަޒީފާ ލިބުމުގެ ސަބަބުން ޙާލަތު ބަދަލުވެފައިވާ ފަރާތްތައް
  4. 2023 ވަނަ އަހަރު ދަފްތަރުގައި ރަޖިސްޓްރީވީފަހުން 18 އަހަރު ފުރިފައިވާ ފިރިހެނުންނާއި، 65 އަހަރު ފުރިފައިވާ މީހުންނާއި، އަދި 25 ޑިސެމްބަރުގެ ނިޔަލަށް 18 އަހަރުފުރޭ ފިރިހެނުން ނުވަތަ 65 އަހަރު ފުރޭ މީހެއް/މީހުން ހިމެނޭ އާޢިލާތައް

ފޯމު ހުށަހަޅަންޖެހޭ ފަރާތްތަކުގެ ތެރެއިން، 25 ޑިސެމްބަރ 2023 ނިޔަލަށް ފޯމު ހުށަހަޅުއްވާފައި ނުވާ ފަރާތްތައް ފަޤީރުންގެ ދަފްތަރުން އުނިކުރެވޭނެ ވާހަކަވެސް ދަންނަވަމެވެ.

          މިއަވަށުގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަންނަ ފޯރމް ބަލައި ގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 08:30 އިން ފެށިގެން މެންދުރު 13:30 އަށް މީދޫ އަވަށު އޮފީހުގައެވެ. "ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަންނަ ފޯމު" މީދޫ އަވަށު އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.

15  ޖުމާދަލް ޢުލާ  1445

29 ނޮވެމްބަރ  2023

29 ނޮވެންބަރު 2023
ހޯދާ