މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުން ހާލަތު ދެނެގަންނަ ފޯމް ފުރުމާއި ގުޅޭ

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުން  ހާލަތު ދެނެގަންނަ ފޯމް ފުރުން.

 2021 އަދި 2022ވަނަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ހުރިހާ ފަރާތްތަކުން "ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ހާލަތު ދެނެގަންނަ ފޯމު" 2023 ޑިސެމްބަރު 25 ގެ ކުރިން ހުށަހެޅުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒުން ވަނީ އަންގަވާފައެވެ.

އަދި 2023 ވަނަ އަހަރު ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން ތިރީގައިވާ ހާލަތްތަކުން ހާލަތެއް މެދުވެރިވެފައިވާ ފަރާތްތަކުންވެސް އެ ފޯމު ހުށަހެޅުމަށް ވަނީ އަންގަވާފައެވެ.

  • ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ރަށް ފިޔަވައި އެހެން ރަށަކަށް ދިރިއުޅުން ބަދަލުކޮށްފައިވާ ފަރާތްތައް.
  • ދަފްތަރުގައި ރަޖިސްޓްރީވިފަހުން، ކައިވެނީގެ ޙާލަތަށް ބަދަލު އައިސްފައިވާ ފަރާތްތައް.
  • ދަފްތަރުގައި ރަޖިސްޓްރީވިފަހުން، ވަޒީފާ ލިބުމުގެ ސަބަބުން ދިރިއުޅުމުގެ ހާލަތު ބަދަލުވެފައިވާ ފަރާތްތައް.
  • 2023 ވަނަ އަހަރު ދަފްތަރުގައި  ރަޖިސްޓްރީވިފަހުން 18 އަހަރު ފުރިފައިވާ ފިރިހެނުންނާއި 65 ފުރިފައިވާ މީހުންނާއި، އަދި 2023 ޑިސެމްބަރު 25ގެ ނިޔަލަށް 18 އަހަރު ފުރޭ ފިރިހެނުން ނުވަތަ 65 އަހަރު ފުރޭ މީހެއް / މީހުން ހިމެނޭ އާޢިލާތައް.

               ވީމާ، ހާލަތު ދެނެގަންނަ ފޯމު 2023 ނޮވެމްބަރު 30 ވަނަ ދުވަހުން ފެށިގެން ކައުންސިލް އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ. އަދި ފޯމު ބަލައިގަތުން 2023 ޑިސެމްބަރު 03 އިން 2023 ޑިސެމްބަރު 25 ވަނަ ދުވަހުގެ އޮފީސް ބަންދުވުމާއި ހަމައަށް ހުޅުވާލެވިފައިވާ ވާހަކަ އަންގާ އިޢުލާނު ކުރަމެވެ.

29 ނޮވެންބަރު 2023
ހޯދާ