މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ލިސްޓް ރިވިޔުކުރުން

             2021 އަދި 2022ވަނައަހަރުގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ހުރިހާ ފަރާތްތަކުން، "ފަޤިރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަންނަ ފޯމް" 25 ޑިސެމްބަރ 2023ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. އަދި މިތާރީޚުގެކުރިން ފޯމް ހުށަހަޅާފައިނުވާ ފަރާތްތައް ދަފްތަރުން އުނިކުރެވޭނެކަން އެފަރާތްތަކަށް އަންގަމެވެ. ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން އެދޭފަރާތްތަކުން ރިވިއުފޯމް ހުށަހަޅުމުގެ ފުރުޞަތު 29ނޮވެމްބަރ 2023ވާ ބުދަދުވަހުން ފެށިގެން ވަނީ ހުޅުވާލެވިފައެވެ.

             ފޯމް ބަލައިގަތުން އޮންނާނީ 03 ޑިސެމްބަރ 2023ވާ އާދިއްތަ ދުވަހުގެ 8.30 ން ފެށިގެން 25 ޑިސެމްބަރ 2023ވާ ހޯމަ ދުވަހުގެ 13.00ގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8.30 ން މެންދުރުފަހު 13.00އަށެވެ. ކަނޑައެޅިފައިވާ މުއްދަތުގެ ފަހުން ހުށަހަޅާފޯމް ބަލައި ނުގަނެވޭނެއެވެ. އަދި މިއިޢުލާނާއެކު މިކަމާގުޅިގެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނެރުއްވާފައިވާ ސާކިއުލާއާއި، ޙާލަތު ދެނެގަތުމުގެ ފޯމް ހިމެނިފައިވާނެއެވެ.

              ވީމާ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

29 ނޮވެންބަރު 2023
ހޯދާ