ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2021 އަދި 2022 ވަނަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަތޮޅުތެރެއިން ރަޖިސްޓަރީވެފައިވާ ފަރާތްތަކާއި 2023 ވަނަ އަހަރު ދަފްތަރުގައި ހިމެނި ފަރާތްތަކުން ރިވިއު ފޯމު ހުށަހެޅުމާއި ގުޅޭ

އިޢުލާން

2021 އަދި 2022 ވަނަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަތޮޅުތެރެއިން ރަޖިސްޓަރީވެފައިވާ ފަރާތްތަކާއި 2023 ވަނަ އަހަރު ދަފްތަރުގައި ހިމެނި ފަރާތްތަކުން ރިވިއު ފޯމު ހުށަހެޅުމާއި ގުޅޭ

 2021 އަދި 2022 ވަނަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ހުރިހާ ފަރާތްތަކުން  ''ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަންނަ ފޯމް '' 25 ޑިސެމްބަރ 2023 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. އަދި މިތާރީޚްގެ ކުރިން ފޯމް ހުށަހަޅާފައިނުވާ ފަރާތްތައް ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުން އުނިކުރެވޭނެވާހަކަވެސް ދަންނަވަމެވެ.

  ވީމާ ، މަތީގައި ދެންނެވިފައިވާ ފޯމް 29 ނޮވެމްބަރ 2023 ން ފެށިގެން 25 ޑިސެމްބަރ 2023 ގެނިޔަލަށް މި ކައުންސިލުން ލިބެންހުންނާނެއެވެ. އަދި ފޯމް ބަލައިގަތުންއޮންނާނީ 03 ޑިސެމްބަރ 2023 ވާ އާދިއްތަ ދުވަހުންފެށިގެން 25 ޑިސެމްބަރ 2023 ވާ ހޯމަދުވަހުގެ 14.00 ގެ ނިޔަލަށެވެ.

  މީގެ އިތުރުން 2023 ވަނަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން އަންނަނިވި ޙާލަތްތައް މެދުވެރިވެފައިވާ ފަރާތްތަކުންވެސް '' ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ހާލަތު ދެނެގަންނަފޯމް'' ހުށަހެޅުއްވުމަށް ދަންނަވަމެވެ.

      1. ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ރަށް ފިޔަވައި އެހެން ރަށަކަށް ދިރިއުޅުން ބަދަލުކޮށްފައއިވާ ފަރާތްތައް.

      2. ދަފްތަރުގައި ރަޖިސްޓްރީވީފަހުން، ކައިވެނީގެ ހާލަތަށް ބަދަލުއަސްފައިވާ (ކައިވެނީ ނުވަތަ ވަރިވެފައިވާ) ފަރާތްތައް.

      3. ދަފްތަރުގައި ރަޖިސްޓްރީވީފަހުން، ވަޒީފާ ލިބުމުގެ ސަބަބުން ދިރިއުޅުމުގެ ޙާލަތު ބަދަލުވެފައިވާ ފަރާތްތައް.

      4. 2023 ވަނައަހަރު ދަފްތަރުގައިރަޖިސްޓްރީވީފަހިން 18 އަހަރު ފުރިފައިވާ ފިރިހެނުންނާއި 65 އަހަރު ފުރިފައއިވާ މީހުންނާއި، އަދި 25 ޑިސެމްބަރ2023 ގެ ނިޔަލަށް 18 އަހަރު ފުރޭ ފިރިހެނުން ނުވަތަ 65 ފުރޭ މީހެއް / މިހުން ހިމެނޭ ޢާއިލާތައްވެސް މި ފޯމް ފުރިހަމަކޮށް ހުށަހަޅަންޖެހޭނެވާހަކަވެސް ދަންނަވަމެވެ.

                 މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢްލާނުކުރީމެވެ.

29 ނޮވެންބަރު 2023
ހޯދާ