ދ. އަތޮޅު މަދަރުސާ، ދ. މީދޫ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް

ޢިއުލާން

 

 2024ވަނަ އަހަރަށް ސްކޫލްގެ ޢިމާރާތާއި ގޯތީގެ ސެކިޔުރިޓީ އައުޓު ސޯސްކޮށްގެން ހިންގާބަލަހައްޓާދޭނެ ފަރާތެއް ހޯދުން

01 ފެބުރުއަރީ  2024 އިން ފެށިގެން 31 ޖެނުއަރީ 2025 ގެ ނިޔަލަށް މިސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައި ދިނުމުގެ މަސައްކަތަށް  ބީލަން ހުށައެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

މި މަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް ހާޒިރުވެލައްވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ،ވެރިފަރާތުގެ ސިޓީއަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަން ވާނެއެވެ.

މި ބީލަމުގައި ބައިވެރިވުމަށް ނަންނޯޓް ނުކުރާ ފަރާތްތަކަށާއި ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށްއަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނެތްވާހަކަ ދަންނަވަމެވެ.

1- ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 29 ނޮވެމްބަރ 2023 އިން 05 ޑިސެމްބަރ 2023 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 13:00 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ނަންނޯޓް ކުރެއްވުން އެދެމެވެ.

2- މި ޕޮރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 05 ޑިސެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.

3- މި ބީލަމާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 06 ޑިސެމްބަރ 2023 ވާ ބުދަ ދުވަހުގެ 11.00 ގައި ދ.އަތޮޅު މަދަރުސާގެ އޮފީހުގައެވެ.

4- އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 14 ޑިސެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ދ. އަތޮޅުމަދަރުސާގެ އޮފީހުގައެވެ.

5- މި ޕޮރޮޖެކްޓާގުޅޭ ބީލަން ފޮތް އިޢުލާނާއެކު އެޓޭޗުކުރެވިފައި ވާނެވާހަކަވެސް ދެންނެވީމެވެ.

6- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިލައްވާނެއެވެ.

ދ.އަތޮޅު މަދަރުސާ

ފޯނު ނަންބަރ: 7952915

އީމެއިލް: [email protected]

 

29 ނޮވެންބަރު 2023
ހޯދާ