މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2021 އަދި 2022 ވަނަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަތޮޅު ތެރެއިން ރަޖިސްޓްރީވެފައިވާ ފަރާތްތަކާއި 2023 ވަނަ އަހަރު ދަފްތަރުގައި ހިމެނި ފަރާތްތަކުން ރިވިއު ފޯމު ހުށަހެޅުމާއި ގުޅޭ

އިޢުލާން

 2021 އަދި 2022 ވަނަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަތޮޅު ތެރެއިން ރަޖިސްޓްރީވެފައިވާ ފަރާތްތަކާއި 2023 ވަނަ އަހަރު ދަފްތަރުގައި ހިމެނި ފަރާތްތަކުން ރިވިއު ފޯމު ހުށަހެޅުމާއި ގުޅޭ

 2021 އަދި 2022 ވަނަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ހުރިހާ ފަރާތްތަކުން، "ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަންނަ ފޯމު" 25 ޑިސެމްބަރ 2023 ގެ ކުރިން ހުށަހެޅުމަށް، 2021 އަދި 2022 ވަނަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އަންގަމެވެ. އަދި މިތާރީޚުގެ ކުރިން ފޯމު ހަށަހަޅާފައިނުވާ ފަރާތްތައް ދަފްތަރުން އުނިކުރެވޭނެކަން ދަންނަވަމެވެ.

މީގެ އިތުރުން 2023 ވަނަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން އަންނަނިވި ޙާލަތްތައް މެދުވެރިވެފައިވާ ފަރާތްތަކުން ވެސް "ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަންނަ ފޯމު" ހުށަހެޅުމަށް އަންގަންވާނެއެވެ.

  1. ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ރަށް ފިޔަވައި އެހެން ރަށަކަށް ދިރިއުޅުން ބަދަލުކޮށްފައިވާ ފަރާތްތައް.
  2. ދަފްތަރުގައި ރަޖިސްޓްރީވީފަހުން، ކައިވެނީގެ ޙާލަތަށް ބަދަލު އައިސްފައިވާ (ކައިވެނި ނުވަތަ ވަރިވެފައިވާ) ފަރާތްތައް.
  3. ދަފްތަރުގައި ރަޖިސްޓްރީވީފަހުން، ވަޒީފާ ލިބުމުގެ ސަބަބުން ދިރިއުޅުމުގެ ޙާލަތު ބަދަލުވެފައިވާ ފަރާތްތައް.
  4. 2023 ވަނަ އަހަރު ދަފްތަރުގައި ރަޖިސްޓްރީވީފަހުން 18 އަހަރު ފުރިފައިވާ ފިރިހެނުންނާއި 65 އަހަރު ފުރިފައިވާ މީހުންނާއި، އަދި 25 ޑިސެމްބަރ 2023 ގެ ނިޔަލަށް 18 އަހަރު ފުރޭ ފިރިހެނުން ނުވަތަ 65 އަހަރު ފުރޭ މީހެއް/މީހުން ހިމެނޭ ޢާއިލާތައް.

މަތީގައި ބަޔާންކޮށްފައިވާ ފަރާތްތަކުން، ދެވިފައިވާ މުއްދަތަށް "ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަންނަ ފޯމު" ހުށަހަޅާފައިނުވާނަމަ، ދަފްތަރުން އުނިކުރެވޭނެ ވާހަކަ ދަންނަވަމެވެ.

 

"ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަންނަ ފޯމު" 29 ނޮވެމްބަރ 2023 ގައި ފޯމު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. އަދި މިކަމަށް އެދި ހުށަހަޅާފޯމު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި 03 ޑިސެމްބަރ 2023 ވާ އާދީއްތަ ދުވަހުން ފެށިގެން 25 ޑިސެމްބަރ 2023 ވާ ހޯމަދުވަހުގެ 14:00 އާއި ހަމައަށް ފޯމު ބަލައިގަތުން މިކައުންސިލުން ކުރިއަށްގެންދެވޭނެ ވާހަކަ ދަންނަވަމެވެ.

ވީމާ މިކަންއެންގުމަށްޓަކާ އިޢުލާންކުރީމެވެ.

29 ނޮވެންބަރު 2023
ހޯދާ