މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢިއުލާން

     ރުކުގެ އާޖީލެއް އުފެއްދުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން 18 ރުއް ވަނީ އިނގުރައިދޫއަށް ހަދިޔާކޮށްފައެވެ. މިރުއްތަށް އިންދިފައިވަނީ އެވުޒާރާއިން ދީފައިވާ އިރުޝާދާއި އެއްގޮތަށް ރުއްފަލެއްގެ ގޮތުގައި ޚާއްސަ ސަރަޙައްދެއް ކަނޑައަޅައިގެންނެވެ. މި ރުއްތަކާއިއެކު ކައުންސިލުން ހޯދާފައިވާ އިތުރު ރުއްތައް މި ސަރަޙައްދުގައި އިންދިފައިވާނެއެވެ. އެހެންކަމުން، މިސަރަޙައްދު ބެލެހެއްޓުމަކީ މުހިންމުކަމަކަށް ވާތީވެ، ރުއްފަލުގައި ދަނޑު ހައްދާ ރުއްތަށް ބެލެހެއްޓުމުގެ ގޮތުން 40 ފޫޓް 40 ފޫޓް ގެ 3 ދަނޑުބިން ރުއްފަލުގެ ތެރެއިން 3 އަހަރު ދުވަހަށް ހިލޭ ދޫކުރުމަށް ވަނީ ހަމަޖަހިފައެވެ. މިދަނޑުބިންތަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ނަންނޯޓް ކުރާ ފަރާތްތަކުގެ ހާޒިރުގައި ނެގޭ ގުރުއަތުންނެވެ.

ޝަރުތުތައް:

-  ރުއްތަކަށް ދުވާލަކު އެއްފަހަރު ފެންލުން.

-  ރުއްތަކުގެ ވަށައި 2 ފޫޓް ދޫކޮށްގެން ގަސްއިންދުން.

-  ރުއްތަކަށް ގެއްލުމެއްވާނެ ފަދަ އެއްވެސް އަމަލެއް ނުކުރުން.

-  ރުއްތަށް ސާފުކޮށް ބެލެހެއްޓުން.

     ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ނަންނޯޓްކުރުމަށް 7960026 އަށް ފުރިހަމަ ނަމާއި އައިޑީކާޑް ނަންބަރު 10 ޑިސެންބަރު 2023 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ފޮނުވައި ދެއްވެވުން އެދެމެވެ. މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

29 ނޮވެންބަރު 2023
ހޯދާ