ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުން ރިވިއު ފޯމު ހުށަހެޅުމާއި ގުޅޭ

އިޢުލާން

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުން ރިވިއު ފޯމު ހުށަހެޅުމާއި ގުޅޭ

2021  އަދި 2022ވަނަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ހުރިހާ ފަރާތްތަކުން، "ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަންނަ ފޯމު"  2023 ޑިސެމްބަރ 25 ވަނަ ދުވަހުގެ ކުރިން ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ވަނީ ހުޅުވާލާފައެވެ.

މީގެ އިތުރުން 2023 ވަނަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން އަންނަނިވި ޙާލަތްތައް މެދުވެރިވެފައިވާ ފަރާތްތަކުން ވެސް "ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަންނަ ފޯމު"  ހުށަހެޅުއްވުން އެދެމެވެ.

1-    ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ރަށް ފިޔަވައި އެހެން ރަށަށް ދިރިއުޅުން ބަދަލުކޮށްފައިވާ ފަރާތްތައް

2-    ދަފްތަރުގައި ރަޖިސްޓްރީވީފަހުން ކައިވެނީގެ ޙާލަތަށް ބަދަލު އައިސްފައިވާ ( ކައިވެނި ނުވަތަ ވަރިވެފައިވާ ) ފަރާތްތައް

3-    ދަފްތަރުގައި ރަޖިސްޓްރީވީފަހުން ވަޒީފާ ލިބުމުގެ ސަބަބުން ދިރިއުޅުމުގެ ޙާލަތު ބަދަލުވެފައިވާ ފަރާތްތައް

4-    2023 ވަނަ އަހަރު ދަފްތަރުގައި ރަޖިސްޓްރީވީފަހުން 18 އަހަރު ފުރިފައިވާ ފިރިހެނުންނާއި،65 އަހަރު ފުރިފައިވާ މީހުންނާއި، އަދި 25 ޑިސެންބަރު 2023 ގެ ނިޔަލަށް 18 އަހަރު ފުރޭ ފިރިހެނުން ނުވަތަ 65 އަހަރު ފުރޭ މީހެއް/ މީހުން ހިމެނޭ ޢާއިލާތައް

         މަތީގައި ބަޔާންކޮށްފައިވާ ފަރާތްތަކުން، ދެވިފައިވާ މުއްދަތަށް " ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަންނަ ފޯމް " ހުށަހަޅާފައިނުވާނަމަ ދަފްތަރުން އުނި ކުރެވޭނެ ވާހަކަ ދަންނަވަމެވެ.

ވީމާ، ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުން 2023 ޑިސެމްބަރ 25 ވާ ހޯމަ ދުވަހުގެ 13:30ގެ ކުރިން ކައުންސިލް އިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. އަދި މިތާރީޙްގެ ފަހުން ހުށަހަޅުއްވާ ފޯމްތައް ބަލައިގަތުމަށް ހަމަޖެހިފައި ނުވާ ވާހަކަވެސް ދެންނެވީމެވެ. "ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަންނަ ފޯމު"  ކައުންސިލް އިދާރާއިން 29 ނޮވެމްބަރ 2023 ން ފެށިގެން ރަސްމީގަޑީގައި ލިބިވަޑައިގަންނަވާނެއެވެ. ފޯމް ބަލައިގަންނާނީ 2023 ޑިސެންބަރ 03 ވާ އާދީއްތަ ދުވަހުން ފެށިގެންނެވެ.

         މިހެންވެ މިކަންޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

           15 ޖުމާދަލްއޫލާ 1445

29 ނޮވެންބަރު 2023
ހޯދާ