މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2021 އަދި 2022 ވަނައަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކާއި 2023 ވަނައަހަރު ދަފްތަރުގައި ހިމެނި ފަރާތްތަކުން ރިވިއު ފޯރމް ހުށަހެޅުން

2021   އަދި  2022ވަނަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ހުރިހާ ފަރާތްތަކުން، " ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަންނަ ފޯމް"  ހުށަހެޅުމުގެ ފުރުޞަތު 2023 ނޮވެމްބަރ 29ން ފެށިގެން 2023 ޑިސެމްބަރ 25އަށް ވަނީ ހުޅުވާލާފައެވެ. އަދި މިތާރީޚްގެ ކުރިން ފޯމް ހުށަހަޅާފައިނުވާ ފަރާތްތަށް ދަފްތަރުން އުނިކުރެވޭނެކަންވެސް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒުންވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން 2023 ވަނައަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން އަންނަނިވި ޙާލަތްތަށް މެދުވެރިވެފައިވާ ފަރާތްތަކުންވެސް  " ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަންނަ ފޯމް " ހުށަހެޅުއްވުން އެދެމެވެ.

1. ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ރަށް ފިޔަވާ އެހެން ރަށަކަށް ދިރިއުޅުން ބަދަލުކޮށްފައިވާ ފަރާތްތައް.

2. ދަފްތަރުގައި ރަޖިސްޓްރީވީފަހުން ،ކައިވެނީގެ ޙާލަތަށް ބަދަލު އައިސްފައިވާ (ކައިވެނި ނުވަތަ ވަރިވެފައިވާ) ފަރާތްތަށް.

3. ދަފްތަރުގައި ރަޖިސްޓްރީ ވީފަހުން، ވަޒީފާ ލިބުމުގެ ސަބަބުން ދިރިއުޅުމުގެ ޙާލަތު ބަދަލުވެފައިވާ ފަރާތްތައް.

4. 2023 ވަނައަހަރު ދަފްތަރުގައި ރަޖިސްޓްރީ ވީފަހުން 18 އަހަރު ފުރިފައިވާ ފިރިހެނުންނާއި 65 އަހަރު ފުރިފައިވާ މީހުންނާއި އަދި 25 ޑިސެމްބަރ 2023ގެ ނިޔަލަށް 18 އަހަރު ފުރޭ  ފިރިހެނުން ނުވަތަ 65 އަހަރު ފުރޭ މީހެއް/މީހުން ހިމެނޭ ޢާއިލާތައް.

 

 ވީމާ މަތީގައި ބަޔާންކޮށްފައިވާ ފަރާތްތަކުން ދެވިފައިވާ މުއްދަތަށް " ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަންނަ ފޯމް " ހުށަހަޅާފައިނުވާނަމަ، ދަފްތަރުން އުނި ކުރެވޭނެ ކަމުގައި ދެންނެވީމެވެ.

      އަދި ޙާލަތު ދެނެގަންނަފޯމް  މިއިދާރާއިން 29 ނޮވެމްބަރ 2023ންފެށިގެން ރަސްމީކޮށްމެދުވަހަކު 8:30ން 14:00މިއިދާރާގެ ކައުންޓަރުން  ލިބެން ހުންނާނެ ވާހަކަދެންނެވީމެވެ. އަދި ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 3 ޑިސެމްބަރ 2023ން ފެށިގެން 25 ޑިސެމްބަރ 2023ނިޔަލަށް ރަސްމީ ބަންދުނޫން ކޮށްމެ ދުވަހެއްގެ 8:15ން 14:00އަށް ކަމުގައި ދެންނވީމެވެ.

29 ނޮވެންބަރު 2023
ހޯދާ