ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2021 އަދި 2022 ވަނަ އަހަރު ފަޤީރުންނާއި މިސްކީނުން ގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކާއި 2023 ވަނަ އަހަރު ދަފްތަރުގައި ހިމެނި ފަރާތްތަކުގެ ރިވިއު ފޯމު ހުށަހެޅުމާ ގުޅޭ

2021 އަދި 2022 ވަނަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ހުރިހާ ފަރާތްތަކުން، "ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ޙާލަތުދެނެގަންނަ ފޯމް" 24 ޑިސެމްބަރ ،2023  12:00 ގެ ކުރިން ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ. އަދި މި ތާރީޚުގެ ކުރިން ފޯމް ހުށަހަޅާފައިނުވާ ފަރާތްތައް ދަފްތަރުން އުނިކުރެވޭނެކަން އަންގަމެވެ.

       2023 ވަނަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން އަންނަނިވި ޙާލަތްތަށް މެދުވެރިވެފައިވާނަމަ "ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ޙާލަތުދެނެގަންނަ ފޯމް" ހުށަހެޅުމަށް ދަންނަވަމެވެ.

  1. ދަފްތަރުގެ ރަޖިސްޓްރީވެފައިވާ ރަށް ފިޔަވައި އެހެން ރަށަކަށް ދިރިއުޅުން ބަދަލުކޮށްފައިވާ ފަރާތްތައް.
  2. ދަފްތަރުގައި ރަޖިސްޓްރީވީފަހުން، ކައިވެނީގެ ޙާލަތަށް ބަދަލު އައިސްފައިވާ (ކައިވެނި ނުވަތަ ވަރިވެފައިވާ) ފަރާތްތައް.
  3. ދަފްތަރުގައި ރަޖިސްޓްރީވީފަހުން ވަޒީފާ ލިބުމުގެ ސަބަބުން ދިރިއުޅުމުގެ ޙާލަތު ބަދަލުވެފައިވާ ފަރާތްތައް.
  4. 2023 ވަނަ އަހަރު ދަފްތަރުގައި ރަޖިސްޓްރީފަހުން 18 އަހަރު ފުރިފައިވާ ފިރިހެނުންނާއި 65 އަހަރު ފުރިފައިވާ މީހުންނާއި އަދި 25 ޑިސެމްބަރ 2023 ގެ ނިޔަލަށް 18 އަހަރު ފުރޭ ފިރިހެނުން ނުވަތަ 65 އަހަރު ފުރޭ މީހެއް/ މީހުން ހިމެނޭ އާޢިލާތައް.

ކައުންސިލަށް ފޯމް ބަލައިގަނެވޭނީ ފޯމްގައި ފުރިހަމަ ކުރަންޖެހޭ ބައިތައް ފުރިހަމަކޮށް، ފޯމާއި އެކު ކައުންސިލް ބަޔާންކޮށްފައިވާ ލިޔުންތަކާއި އެކު ފޯމް ހުށްހެޅުމުންނެވެ.

ކައުންސިލް އިދާރާއިން ފޯމް ދޫކުރުމާއި ބަލައިގަތުން:

  • ފޯމް ދޫކުރުން: 29 ނޮވެމްބަރ 2023 ން 22 ޑިސެމްބަރ 2023 08:30 ން 13:00 އަށް ސިޓީ ކައުންސިލް އިދާރާގެ ރަސްމީ ކައުންޓަރުންނާއި ކައުންސިލްގެ ވެބްސައިޓުން
  • ފޯމް ބަލައިގަތުން: 03 ޑިސެމްބަރ 2023 ން 24 ޑިސެމްބަރ 2023، 12:00 އަށް ސިޓީ ކައުންސިލް އިދާރާގެ ރަސްމީ ކައުންޓަރުން

 

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހުގެ ތާރީޙެއްގައި ހުޅުވާލެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ. 

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

29 ނޮވެންބަރު 2023
ހޯދާ