ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2024 ވަނަ އަހަރު ވަންދޫގެ އިޖުތިމާއީ ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުމާއިގުޅޭ

2024 ވަނަ އަހަރު ވަންދޫގެ އިޖުތިމާއީ ސަރަހައްދުތައް ކޮންޓްރެކްޓް އުސޫލުން ސާފުކޮށްބަލަހައްޓައިދޭނޭ ފަރާތެއް ހޯދަންބޭނުންވެއެވެ. ވީމާ،ޗާރޓްގައި ފާހަގަކޮށްފައިވާ ސަރަޙައްދުތައް ކޮންޓްރެކްޓް އުސޫލުން ސާފުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބިޑްހުށަހެޅުމަށް ޢާންމުކޮށް ފުރުޞަތު ހުޅުވާލަމެވެ. 

           މިމަސައްކަތުގެ މައުލޫމާތު ހިމެނޭ ބިޑްފޮތާއި ބިޑްރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް އަދި ބިޑް ހުށަހަޅާ ފޯމް މިއިދާރާއިންނާއި ގެޒެޓުން ލިބެންހުންނާނެއެވެ. ބީލަން ހުޅުވާލެވިފައިވަނީ،ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން )މުއްދަތު ހަމަނުވާ( ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (ޤާނޫނު ނަމްބަރު 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން 06 ޑިސެމްބަރ 2023 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިކައުންސިލަށް ދުރުވެ ނުވަތަ [email protected] މެއިލްއަށް ބިޑްރަޖިސްޓްރީ ކުރުމަށް އެދޭ ފޯމު ފުރިހަމަކޮށް ހުށަހަޅައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.  ރަޖިސްޓްރީ ވުމަށް އެދޭ ފޯމް މިއިދާރާއިންނާއި ގެޒެޓުން ލިބެން ހުންނާނެއެވެ. މިމަސައްކަތަށް ބީލަށް ހުށަހެޅުމުގެ ފުރުސަތު ލިބޭނީ ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. މިއިޢުލާނާއި ގުޅިގެން ހުށަހަޅާ ބިޑުތަކުގެ ތެރެއިން ގަޑިއަށް ހުށަހަޅާފައިނުވާ ބިޑްތަކާއި މައުލޫމާތު ފުރިހަމަ ނުވާ ބިޑްތައް

 ބާޠިލް ކުރެވޭނެއެވެ. މި ބީލަމާއި ގުޅިގެން ބާއްވާ މައުލޫމާތު ބައްދަލްވުމާއި، ބިޑް ހުށަހެޅުމަށް ހަމަޖެހިފައިވާގޮތް ތިރީގައިވާ ތާވަލްގައި ބަޔާންކުރެވިފައިވާނެއެވެ.

 

ތަން

ތާރީޙް

ދުވަސް

ގަޑި

މައުލޫމާތު ބައްދަލްވުން

ތ.ވަންދޫ ކައުންސިލް އިދާރާ

07 ޑިސެމްބަރ 2023

ބުރާސްފަތި

10:30

ބިޑް ހުށަހެޅުން

ތ.ވަންދޫ ކައުންސިލް އިދާރާ

10 ޑިސެމްބަރ 2023

އާދިއްތަ

10:30

 

               މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަންދޫ ކައުންސިލް އިދާރާގެ ނަމްބަރ 7980047 ނުވަތަ 6780041 ފޯނާގުޅުއްވުންއެދެމެވެ.

 

                        ވީމާ,މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

28 ނޮވެންބަރު 2023
ހޯދާ