އައްޑޫ ހައި ސްކޫލް
ދިވެހިރާއްޖެ
މިސްކޫލްގެ ކޮންޕިއުޓަރ ސިންޓަމްތަކާއި އައިޓީ ސާމާނު މަރާމާތުކުރުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

  1. މިސްކޫލަށް ބޭނުންވާ ތަކެތީގެ ލިސްޓާ އެއްގޮތަށް ކޮންޕިއުޓަރ ސިންޓަމްތަކާއި އައިޓީ ސާމާނު މަރާމާތަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
  2. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް އަދި މަސައްކަތުގެ ތަފްސީލް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ. ބިޑް ހުށައަޅުއްވަންވާނީ އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާ ބީލަންފޮތުގައިވާ މަޢުލޫމާތު ރަގަޅަށް ކިޔުމަށްފަހު އެއްވެސް އޮޅުމެއް އަރާކަމެއްވާނަމަ ސާފުކުރުމަށް ފަހުގައެވެ.
  3. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 29 ނޮވެމްބަރ 2023 އިން 07 ޑިސެމްބަރ 2023 ގެ ނިޔަލަށް ރަސްމީ ގަޑީގައި ސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދަންނަވަމެވެ. ރަޖިސްޓްރީ ކުރައްވާއިރު ތިރީގައި މިދަންނަވާ މަޢުލޫމާތުތައް ފުރިހަމަކޮށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ރަޖިސްޓްރީ ކުރުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.
  • ކުންފުނީގެ ނަން
  • މަސްޢޫލުވެރިފަރާތް
  • ފޯންނަންބަރު
  • އީމެއިލް އެޑްރެސް
  1. މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 06 ޑިސެމްބަރ 2023 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  2.  ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ  12 ޑިސެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 11:00 ގައި އައްޑޫ ހައި ސްކޫލް ގައެވެ. އަންދާސީ ހިސާބު ހުށަހަޅަން އޮންނަ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
  3. މިމަސައްކަތާއި ގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
  4. މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ބަޖެޓް ސެކްޝަން

އައްޑޫ ހައި ސްކޫލް / ހިތަދޫ،އައްޑޫ

ފޯން:  6885796 އީ-މެއިލް: [email protected] ކޮޕީ-މެއިލް: [email protected]

28 ނޮވެންބަރު 2023
ހޯދާ