މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.އަތޮޅު ކައުންސިލް ފުޓްސަލް މުބާރާތުގައި ދުވާފަރު ތަމްސީލުކުރާ ޓީމަށް ކޯޗެއް ނެގުމާއި ގުޅޭ

ރ.އަތޮޅު ކައުންސިލް ފުޓްސަލް މުބާރާތުގައި ދުވާފަރު ތަމްސީލުކުރާ ޓީމަށް ކޯޗެއް ނެގުމާއި ގުޅޭ

ރ.އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ރ.އަތޮޅު ކައުންސިލުން ކުރިޔަށް ގެންދާ ފުޓްސަލް މުބާރާތުގައި ދުވާފަރު ތަމްސީލުކުރާ ޓީމަށް ކޯޗެއް ނެގުމަށް މި އިދާރާއިން ވަނީ ނިންމާފައެވެ. އެހެން ކަމުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން   03 ޑިސެންބަރު 2023 ވާ އާދިއްތަ ދުވަހުގެ މެންފުރުފަހު 14:00 ގެ ކުރިން މި އިދާރާއަށް ފޯރމް ހުށައެޅުމަށް ދަންނަވަމެވެ. މި ކަމަށް އެދި ހުށައަޅާ ފޯރމް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން މެންދުރުފަހު 14:00 އަށް ކައުންސިލް އިދާރާގެ ކައުންޓަރުން ލިބިލައްވާނެއެވެ. އަދި މިކަމަށް އެދި ހުށައަޅާ ފަރާތަކީ ކޯޗިން ކަން ކުރުމުގެ ލައިސަންސް އޮތް ފަރާތަކަށް ވާންވާނެއެވެ.

 ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާނަ ކުރަމެވެ.

28 ނޮވެންބަރު 2023
ހޯދާ