މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެނދިކޮޅު އަވަށު ގަބުރުސްތާން ނޮޅައި ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

ކެނދިކޮޅު އަވަށު ޤަބުރުސްތާން ވިނަނޮޅައި ސާފުކޮށް ވެލިގަނޑު އެއްވަރުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 07 ޑިސެންބަރު 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ޝައުޤުވެރިކަން ފާޅުކޮށް މިކައުންސިލަށް ބީލަން ނުވަތަ އަގާއި މުއްދަތު ބަޔާންކޮށް ސިޓީ  ހުށައެޅުމަށް ދަންނަވަމެވެ.

މަޢުލޫމާތު

  1. ޤަބުރުސްތާން ބޭރުގައިވާ މަގުތައް ވިނަނޮޅައި ކުނިކަހާ ސާފުކޮށް ބެލެހެއްޓުން - ދުވާލަކު އެއްފަހަރު(މަސްވެރި ހިނގުން، ފިލިގަސްމަގު ދެބައިކުޅަ އެއްބައި، އަލިމަސް ހިނގުން ދެބައިކުޅަ އެއްބައި)
  2. ޤަބުރުސްތާން އެތެރޭގައި ހުރި ބޮޑެތި ގަސްތައް ބުޑާއެކު ނެގުން ( ބޮޑު ނިކަގަސް ފިޔަވާ )
  3. ޤަބުރުސްތާނުގެ އެތެރެ ވިނަނޮޅައި، ވެލިގަނޑު އެއްވަރުކޮށް ކުނިކަހާ ސާފުކޮށް ބެލެހެއްޓުން - މަދުވެގެން މަހަކު އެއްފަހަރު
  4. ގަބުރުސްތާންގެ އެތެރޭގައި ހުރި ނިކަގަސް 10 ފޫޓްއިންތިރި ދަށްޖަގާ ބުޑުގަނޑުތެރޭގައި ފަޅާ ވިނައާއި ގަސްތައް ނޮޅާ ސާފްކުރުން

މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ރަސްމީ ގަޑީގައި ކައުންޓަރު ނަންބަރު 6560013 އަށް ގުޅުއްވުމަށް ދަންނަވަމެވެ. ނުވަތަ މިކައުންސިލްގެ މުނިސިޕަލް އަދި ޕްރޮޖެކްޓްސް ވައިބަރ ނަންބަރު، 9442745 އަށް ވައިބަރ ކުރައްވާ މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. ނުވަތަ [email protected] އަށް މެއިލްކުރެއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.

ބީލަން ނުވަތަ ސިޓީ ކަރުދާހުގެ ހާޑް ކޮޕީ ހުށައަޅުއްވަންވާނީ ސިޓީއުރައިގާ ބަންދުކުރުމަށްފަހު ސިޓީ އުރައިގެ ބޭރުގައި "ކެނދިކޮޅު އަވަށު ޤަބުރުސްތާން ސާފުކުރުން " މިހެން ލިޔުއްވާ އިޢުލާނު ނަންބަރު ޖެހުމަށްފަހު މިކައުންސިލްގެ ކައުންޓަރަށެވެ. އަދި ބީލަން ނުވަތަ ސިޓީ ކަރުދާސް މެއިލްކުރައްވަން ބޭނުންފުޅުވާނަމަ މެއިލްކުރައްވާނީ [email protected] އަށެވެ. މެއިލްކުރައްވާއިރު، ސަބްޖެކްޓްގައި "ކެނދިކޮޅު އަވަށު ޤަބުރުސްތާން ސާފުކުރުން" މިހެން ލިޔުއްވާ އިޢުލާނު ނަންބަރު ލިޔުއްވަންވާނެއެވެ.

ހުށައަޅަންޖެހޭ ތަކެތި

  1. ވިޔަފާރީގެ ރަޖިސްޓްރީ ކޮޕީ
  2. އަގުބަޔާން ކުރާ ކަރުދާސް ( ބީލާން/ސިޓީ )
  3. އަމިއްލަ ފަރުދެއްނަމަ އައިޑީ ކާޑް ކޮޕީ 

ވީމާ،މިކަން ޢާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.

14  ޖުމާދަލްޢޫލާ  1445

28  ނޮވެމްބަރު  2023                         

28 ނޮވެންބަރު 2023
ހޯދާ