ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަތަފަންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2023ގައި ބައިވެރިވުމާއި ގުޅޭ

އިޢުލާން 

"ރަތަފަންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2023" ބައިވެރިވުމާއި ގުޅޭ

 "ރަތަފަންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2023" ގައި ބައިވެރިވާން ބޭނުންވާ ޓީމްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ.  މި މުބާރާތަކީ ގދ. ރަތަފަންދޫ ރައްޔިތުންނަށް ފުޓްސަލް ކުޅުމުގެ ފުރުސަތު ހޯދައިދިނުމާއި ހުނަރުވެރި ކުޅުންތެރިން ތަކެއް އުފެއްދުމުގެ މަޤްސަދުގައްޔާއި އަދި ރައްޔިތުންގެމެދުގައި އެކުވެރިކަން އާލާކުރުމާއި އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ ފުޓްސަލް މުބާރާތްތަކުގައި ވާދަކުރެވޭނެ ގައުމީ ފެންވަރުގެކުޅުންތެރިންތަކެއް އުފެއްދުމުގެ މަޤްޞަދުގައި ބާއްވާ މުބާރާތެކެވެ.

 ވީމާ، މި މުބާރާތްތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ޓީމްތަކުން މުބާރާތުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު 2023 ޑިސެމްބަރ 12 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް މި އިޢުލާންގެ ތިރީގައިވާ ލިންކްއިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން 14:00 އަށް ފޯމް މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ދަންވަމެވެ. މި ފޯމާއިއެކު މުބާރާތުގައި ރަޖިސްޓްރީވުމަށް ކޮންމެ ޓީމް އަކުންވެސް ނަން ރިފަންޑަބަލް -/500 (ފައްސަތޭކަ ރުފިޔާ)ގެ ފީއެއް ދައްކަންވާނެއެވެ.

ފީ ދެއްކެވުމަށް ތިރީގައިވާ އެކައުންޓަށް ފީ ޓްރާންސްފަރ ކުރެއްވުމަށް ފަހު 7668849 ނަންބަރަށް ވައިބަރ ކުރެއްވުން އެދެމެވެ. އަދި ރިމާކްސްގައި ޓީމްގެ ނަން ޖެއްސެވުން އެދެމެވެ.

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2023 ޑިސެމްބަރ 20 އިން 28 އަށެވެ. އަދި މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މުބާރާތުގައި މަދުވެގެން 3 (ތިނެއް) ޓީމް ބައިވެރި ވާނަމައެވެ.

ފައިސާ ޓްރާންސްފަރ ކުރެއްވުމަށް

އ/ކ ނަންބަރ: 7710-700301-001 

އ/ކ ނަން:  1471 REVENUE 1

މުބާރާތުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް އަދި ޤަވައިދު މި އިޢުލާންގެ ގެޒެޓް ލިންކްއިން ޑައުންލޯޑް ކުރެވޭނެއެވެ.

 

28 ނޮވެންބަރު 2023
ހޯދާ