ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުން ރިވިއު ފޯމު ހުށަހެޅުމާގުޅޭ.

                                      އިޢުލާން

               2021 އަދި 2022 ވަނަ އަހަރު ފަޤީރުނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކާއި 2023 ވަނަ އަހަރު ދަފްތަރުގައި ހިމެނި ފަރާތްތަކުން ރިވިއު ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

                ފޯމު ދޫކުރުމަށް ހަމަޖެހިފައިވަނީ 2023 ނޮވެމްބަރ 29 ވާ ބުދަ ދުވަހުން ފެށިގެންނެވެ. ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2023 ޑިސެންބަރ 03 ވާ އާދީއްތަ ދުވަހުން ފެށިގެން 2023 ޑިސެމްބަރ 25 ވާ ހޯމަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން މެންދުރުފަހު 13:00 އަށެވެ.

               2021 އަދި 2022 ވަނަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކާއި 2023 ވަނަ އަހަރު ދަފްތަރުގައި ހިމެނިފައިވާ ފަރާތްތަކުން އަލުން ފޯމު ހުށަހަޅަން ޖެހޭނެއެވެ.

               ވީމާ، ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަންނަ ފޯރމް ފުރިހަމަކޮށް، ފޯމާއިއެކު ހުށަހަޅަންޖެހޭ ތަކެއްޗާއެކު 2023 ޑިސެމްބަރ 25 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ހޯރަފުށީ ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.

                މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                14 ޖުމާދަލްއޫލާ  1445

28 ނޮވެންބަރު 2023
ހޯދާ