މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދޫ އަވަށު ގަބުރުސްތާން ނޮޅައި ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

ކުޅުދޫ އަވަށު ޤަބުރުސްތާން ވިނަނޮޅައި ސާފުކޮށް ވެލިގަނޑު އެއްވަރުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 07 ޑިސެންބަރު 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ޝައުޤުވެރިކަން ފާޅުކޮށް މިކައުންސިލަށް ބީލަން ނުވަތަ އަގާއި މުއްދަތު ބަޔާންކޮށް ސިޓީ  ހުށައެޅުމަށް ދަންނަވަމެވެ.

މަޢުލޫމާތު

  1. ޤަބުރުސްތާން ބޭރުގައިވާ މަގުތައް ވިނަނޮޅައި ކުނިކަހާ ސާފުކޮށް ބެލެހެއްޓުން - ދުވާލަކު އެއްފަހަރު (ހުޅަނގުފަރާތުގެ މަގުގެ ދެބައިކުޅަ އެއްބައި، ދެކުނުފަރާތު ގޯޅީގެ ދެބައިކުޅަ އެއްބައި)
  2. ޤަބުރުސްތާން އެތެރޭގައި ހުރި ބޮޑެތި ގަސްތައް ބުޑާއެކު ނެގުން
  3. ޤަބުރުސްތާނުގެ އެތެރޭގައިވާ ބާމިސްކިތް، ގަސްތައް ކަނޑާ، އެތެރެ ސާފުކޮށް ކުނިކަހާ ބެލެހެއްޓުން
  4. ޤަބުރުސްތާނުގެ އެތެރެ ވިނަނޮޅައި، ވެލިގަނޑު އެއްވަރުކޮށް ކުނިކަހާ ސާފުކޮށް ބެލެހެއްޓުން - މަދުވެގެން މަހަކު އެއްފަހަރު

މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ރަސްމީ ގަޑީގައި ކައުންޓަރު ނަންބަރު 6560013 އަށް ގުޅުއްވުމަށް ދަންނަވަމެވެ. ނުވަތަ މިކައުންސިލްގެ މުނިސިޕަލް އަދި ޕްރޮޖެކްޓްސް ވައިބަރ ނަންބަރު، 9442745 އަށް ވައިބަރ ކުރައްވާ މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. ނުވަތަ [email protected] އަށް މެއިލްކުރެއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.

ބީލަން ނުވަތަ ސިޓީ ކަރުދާހުގެ ހާޑް ކޮޕީ ހުށައަޅުއްވަންވާނީ ސިޓީއުރައިގާ ބަންދުކުރުމަށްފަހު ސިޓީ އުރައިގެ ބޭރުގައި "ކުޅުދޫ އަވަށު ޤަބުރުސްތާން ސާފުކުރުން " މިހެން ލިޔުއްވާ އިޢުލާނު ނަންބަރު ޖެހުމަށްފަހު މިކައުންސިލްގެ ކައުންޓަރަށެވެ. އަދި ބީލަން ނުވަތަ ސިޓީ ކަރުދާސް މެއިލްކުރައްވަން ބޭނުންފުޅުވާނަމަ މެއިލްކުރައްވާނީ [email protected] އަށެވެ. މެއިލްކުރައްވާއިރު، ސަބްޖެކްޓްގައި "ކުޅުދޫ އަވަށު ޤަބުރުސްތާން ސާފުކުރުން" މިހެން ލިޔުއްވާ އިޢުލާނު ނަންބަރު ލިޔުއްވަންވާނެއެވެ.

ހުށައަޅަންޖެހޭ ތަކެތި

  1. ވިޔަފާރީގެ ރަޖިސްޓްރީ ކޮޕީ
  2. އަގުބަޔާން ކުރާ ކަރުދާސް ( ބީލާން/ސިޓީ )
  3. އަމިއްލަ ފަރުދެއްނަމަ އައިޑީ ކާޑް ކޮޕީ 

ވީމާ،މިކަން ޢާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.

14  ޖުމާދަލްޢޫލާ  1445

28  ނޮވެމްބަރު  2023                         

28 ނޮވެންބަރު 2023
ހޯދާ