މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
ލިޑާ ޑައިޑައިހުވާ ވެއިޓް ލޮސް ކެޕްސޫލް ބޭންކުރުން

"ލިޑާ ޑައިޑައިހުވާ" އަކީބަރުދަން ލުއިކުރުމަށް ސަޕްލިމެންޓުގެ ގޮތުގައި ބޭނުންކުރާ ޕުރޮޑަކްޓެކެވެ. ބަރުދަން ލުއިކުރުމަށް ބޭނުންކުރާ މި ހާބަލް ސަޕްލިމެންޓުގައި ފަތްޕިލާވެލީގެ ބޭސް އެކުލެވެއެވެ. އަދި މި ޕުރޮޑަކްޓުގެ މަޢުލޫމަތާއި ފަންނީ ލަފާގެ މައްޗަށް ބިނާކޮށް، މި ޕުރޮޑަކްޓު ބޭނުން ކުރުން ރައްކާތެރި ނޫންކަމަށް ހުރިހާ އޯލްޓަނޭޓިވް / ކޮމްޕްލިމެންޓްރީ މެޑިސިންގެ ހިދުމަތްދޭ ފަރާތްތަކުގެ ސަމާލު ކަމަށްޓަކައި ދެންނެވީމެވެ.

ވީމާ، "ލިޑާ ޑައިޑައިހުވާ" ބޭނުން ނުކުރުމަށާއި، ނުވިއްކުމަށް އަދި ރާއްޖެއަށް އެތެރެ ނުކުރުމަށް އެންގުމަށްޓަކައި އާންމުކޮށް އިޢުލާން ކުރީމެވެ.

އަދި ދަންނަވަމެވެ. އޯލްޓަރނޭޓިވް ބޭހުގެ އެއްވެސް ބާވަތެއް ރަޖިސްޓަރ ނުކޮށް ރާއްޖެއަށް އެތެެރެކުރުމަކީ މަނާކަމެކެވެ. ބައްލަވައިގަންނަވާ މިފަދަ ހާބަލް ޕުރޮޑަކްޓްސްގެ އުރައިގައި، އުފެއްދި ކުންފުނީގެ މައުލޫމާތު، ޕުރޮޑަކްޓު ބޭނުންކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް، އޭގައި އެކުލެވޭ މާއްދާާތައް، ބެޗް ނަންބަރު، މުއްދަތުހަމަވާ ތާރީޚުފަދަ މައުލޫމާތު ހުރިތޯ ބަލައި ޔަގީންކުރައްވާށެވެ. އަދި އެ ޕުރޮޑަކްޓްސްތަކަކީ މިއޮތޯރިޓީގައި ރަޖިސްޓަރވެފައިވާ އެއްޗެއްތޯ ބަލައި ޔަގީންކުރައްވާށެވެ.

      20 ޖުމާދަލްއޫލާ 1436ހ.      

11 މާރިޗު 2015
ހޯދާ