މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

އިޢުލާން

ވަޒީފާގެ ފުރުސަތު

 

 

މަޤާމް:

ސީނިއަރ ކައުންސިލް އޮފިސަރ

މަޤާމުގެ ނަންބަރު:

J-379003

ބޭނުންވާ ޢަދަދު

 1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 2  

މަޤާމު އޮތް އޮފީސް:

މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލް އިދާރާ

ސެކްޝަން:

ކޯޕަރޭޓިވް އެފެއާޒް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލް އިދާރާ

މުސާރަ:

-/6295 ރ. (މަހަކު)

ސަރވިސް އެލަވަންސް:

-/2000 ރ. (މަހަކު)

އެހެނިހެން އެލަވަންސްތައް:

  1. ސަޕޯރޓިންގ ކޯ އެލަވަންސް  ގެ ގޮތުގައި -/900 ރުފިޔާ.
  2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  3. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައި އޮންނަ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތަކާއި ވާޖިބުތައް:

1 . ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.

2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.

3. ކައުންސިލަރުންގެ ޢާންމު ބައްދަލުވުންތަކުގެ އެޖެންޑާ ލިޔެ މެމްބަރުންނާއި ޙަވާލުކުރުމާއިއެކު ، އެޖެންޑާ ވެބްސައިޓަށްލައި ޢާންމު ކުރުން.

4. ކައުންސިލް އިދާރާ އަދި އ.ތ.މ ކޮމިޓީގެ ހިނގިގޮތުގެ 6 މަހުގެ ރިޕޯޓް ތައްޔާރުކޮށް ހަމަޖެހިފައިވާ ތާރީޚަށް ކަމާބެހޭ ފަރާތްތަށް ފޮނުވުން

5. ކައުންސިލް އިދާރާ އަދި އ.ތ.މ ކޮމިޓީގެ ހިނގިގޮތުގެ އަހަރީ ރިޕޯޓް ތައްޔާރުކޮށް ހަމަޖެހިފައިވާ ތާރީޚަށް ކަމާބެހޭ ފަރާތަށް ފޮނުވުން.

6. ކައުންސިލް އަދި އަދި އ.ތ.މ ކޮމިޓީގެ އާއްމު ބައްދަލުވުންތަކުގައި ބައިވެރިވެ، ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.

7. ކައުންސިލަރުންގެ ޢާންމު ބައްދަލުވުމުގެ ނިންމުންތައް ދުވަހުން ދުވަހަށް ލިޔެ މެމްބަރުން ލައްވާ ސޮއިކުރުވުމަށްފަހު ޒިންމާދާރުވެރިޔާއާއި ޙަވާލުކުރުން. އަދި އެލިޔުންތައް ޢާންމު ކުރުމަށްޓަކައި ވެބްސައިޓަށް ލުން.

8. ކައުންސިލްއިން ކުރިއަށް ގެންދިއުމަށް ނިންމާ ތަރައްޤިގެ ޕްރޮޖެކްޓްތައް ހިންގުމަށް ކުރަންޖެހޭ އެއްމެހާ  މަސައްކަތް ކުރުން

9. ކައުންސިލްއިން އާމްދަނީ ހޯދުމަށްޓަކައި ދޫކުރެވޭ ޢިމާރާތްތަކާއި ބިންތައް އަދި އެކިއެކި ޕްރޮޖެކްޓްތައް ހިންގުމަށް   ދޫކުރެވޭ ޢިމާރާތްތަކާއި ބިންތަކުގެ ދަފްތަރު އެކުލަވާލައި ބެލެހެއްޓުމާއި ލިޔެކިއުންތައް ތައްޔާރުކޮށް ބެލެހެއްޓުން.

10. ކައުންސިލް އިދާރާގައި ބާއްވާ މޯނިން ބްރީފިންގެ ހާޒިރީ އަދި މަޝްވަރާކުރެވުނު ލިޔެކިޔުންތައް ލިޔެ ބެލެހެއްޓުން.

11. ކައުންސިލްގެ އިދާރާގައި ބާއްވާ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.

12. ކައުންސިލް އިދާރާއަށް ބޭނުންވާ ތަކެތި ހޯދުމާއި ކައުންސިލުން އިޢުލާން ކޮށްގެން ކުރެވޭ މަސައްކަތްތަކާއި ބޮޑް ކޮމެޓީގެ އިދާރީ އެންމެހާ މަސައްކަތްތައް ކުރުން.

13. ކައުންސިލްގެ އިދާރާއިން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި އެހެނިހެން ލިޔެކިޔުންތައް ތައްޔާރުކުރުމާއި ފޮނުވުމުން.

14. ކައުންސިލްގެ ބޭނުމަށް އިދާރާއިން ކުރާ ދިރާސާތަކާއި ރިޕޯޓުތައް އެކުލަވާލުމުގެ މަސައްކަތުގައި ބައިވެރިވެ އެހީތެރިވެދިނުން.

15. ކައުންސިލްގެ އިދާރާތަކުން ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ފޮނުވަންޖެހޭ ޕީރިއަޑިކް ރިޕޯޓުތައް ގަވާއިދުން ފޮނުވުމުގެ މަސައްކަތްކުރުން.

16. ކައުންސިލްގެ އިދާރާއިން އިންތިޒާމްކޮށްގެން ބާއްވާ ބައްދަލުވުންތަކާއި، ޖަލްސާތަކާއި، ވޯކްޝޮޕްތަކާއި، ސެމިނާރތަކާއި، ކޮންފަރެންސްތަކާއި އަދި އެހެނިހެން އިވެންޓްތަކާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.

17. ކައުންސިލްގެ އިދާރާއަށް ޚިދުމަތްލިބިގަންނަން އަންނަ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި އަދި ހިދުމަތްތަކާގުޅޭ މައުލޫމާތު ސާފުކުރުމަށް އަންނަ ފަރާތްތަކަށް މައުލޫމާތު ދިނުން.

18. ކައުންސިލްގެ އިދާރާގެ ލިޔެކިޔުންތައް ފައިލްކުރުމާއި، ސްކޭންކުރުމާއި އަރުޝީފުކުރުން.

19. ކައުންސިލްގެ އިދާރާއިން ކަނޑައަޅާ އުޞޫލެއްގެ މަތިން ކައުންސިލްގެ އިދާރާ ހުޅުވައި ލެއްޕުން.

މަޤާމުގެ ޝަރުތުތައް:

1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީރޮގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާޞިލްކޮށްފައިވުން ނުވަތަ '

2. މަޤާމުގެ މަސައްކަތާ ގުޅޭ ތައުލީމީރޮގަ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާޞިލްކޮށްފައި ވުމާއެކު، މަޤޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން .

ގުޅޭ ވަޒިފާގެ ދާއިރާތައް:

އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ އެކައުންޓިންގ/އެގްރިކަލްޗަރ ސައިންސް/އެންތްރޯޕޮލޮޖީ/އާކިޓެކްޗަރ/  ބިޒްނަސް/ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް މެނޭޖްމަންޓް/ސިވިލްއިންޖިނިއަރިންގ/ކޮމާސް/ކޮމިއުނިޓީ ޑިވޮލަޕްމަންޓް/ކޮންޕިއުޓަރ ސައިންސް/ކަލްޗަރ އެންޑް ހެރިޓޭޖް/ޑިމޮގްރަފީ/ޑިވޮލަޕްމަންޓް ސްޓަރޑީޒް/ އިކޮނަމިކް/އެޑިއުކޭޝަން/އެންވަޔަރަމަންޓަލް ސައިންސް/ފައިނޭންސް/ގަވަރނަންސް/ގަވަރނަންސް އެންޑް ޑިވޮލަޕްމަންޓް/ހޮސްޕިޓަލްޓީ އެންޑް ޓޫރިޒަމް/ހިއުމަންރިސޯސަސް/އިންފޮމޭޝަންޓެކްނޮލަޖީ/އިންޓަރނޭޝަނަލް ރިލޭޝަން/ލީ/ލީޑަރސިޕް/ލައިބްރަރީ ސައިންސް/ލޯކަލް ގަވަރނަންސް/މެނޭޖްމަންޓް/މެރިންސައިންސް/މާކެޓިންގ /އޮފިސް އެޑްމިނިސްޓްރޭޝަން/ޕަބްލިކް މެނޭޖްމަންޓް/ޕަބްލިކް ރިލޭޝަންސް/ޝަރިއްޔާ އެންޑް ލޯ/ސޯޝަލް ސައިންސް/ ސޯޝަލް ވޯރކް/ ސޯސިއޮލޮޖީ/ސްޕޯރޓްސް މެނޭޖްމަންޓް/ސްޓެޓިސްޓިކްސް/ސްޓްރަކްޗަރަލް އިންޖިނިއަރިންގ/ސަސްޓެއިނަބަލް ޑިވޮލަޕް މަންޓް/އަރބަން ޕްލޭނިންގ/އާބަންސްޓަރޑީޒް

މަޤާމް:

ސީނިއަރ ކައުންސިލް އޮފިސަރ

މަޤާމުގެ ނަންބަރު:

J-379009

ބޭނުންވާ ޢަދަދު

  1  (އެކެއް) 

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

 އެމް.އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގުރޭޑް 2

މަޤާމު އޮތް އޮފީސް:

މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލް އިދާރާ 

ސެކްޝަން:

އިކޮނަމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލް އިދާރާ

މުސާރަ:

-/6295 ރ. (މަހަކު)

ސަރވިސް އެލަވަންސް:

-/2000 ރ. (މަހަކު)

އެހެނިހެން އެލަވަންސްތައް:

  1. ސަޕޯރޓިންގ ކޯ އެލަވަންސް  ގެ ގޮތުގައި -/900 ރުފިޔާ.
  1. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައި އޮންނަ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތަކާއި ވާޖިބުތައް:

1. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.  

2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން. 

3. ކައުންސިލުން ކަނޑައަޅާ އުސޫލެއްގެ މަތިން ރަށުގެ މަގު ކޮނުމާއި، މަގު ބަންދުކުރުމުގެ ޙުއްދަ ދޫކުރުގެ  އެންމެހާ މަސައްކަތްތައް ކުރުން.

4. ކައުންސިލުން ކަނޑައަޅާ އުސޫލެއްގެ މަތިން ބަލަންޖެހޭ ކަންތައްތް ބެލުމަށްފަހު ގަރާޖު އޮތްކަމުގެ ސިޓީ ދޫކުރުން.

5. ކައުންސިލުން ކަނޑައަޅާ އުސޫލެއްގެ މަތިން ބެނާ ދެމުމާއި، ކެންވަސް ނުވަތަ ޕޯސްޓަރު ހަރުކުރުމުގެ ޙުއްދަ ދޫކުރުން.

6. ކައުންސިލުން ބަލަހައްޓަމުން ގެންދާ އާންމު ފެންހަންތަކަށް ރައްކާތެރިގޮތުގައި ފެންނެގުމާއި ފެން ދޫކުރުމާއި ފެންހަންތައް ސާފުކޮށް ބެލެހެއްޓުމުގެ ކަންކަން ރާވާ ހިންގާ ބެލެހެއްޓުން.

7. ކައުންސިލުން ކަނޑައަޅާ އުސޫލެއްގެ މަތިން ދަތުރު ހިޔާ ބެހެލެހެއްޓުން.

8. އިޖްތިމާއީ މަރުކަޒުތަކާއި، ކުޅިވަރުކުޅޭ ޢާންމު ދަނޑުތަކާއި ބިންތައް ބެލެހެއްޓުމާއި ކުޅިވަރުގެ ވަސީލަތްތަކާއި ޢާންމު ޕާކުތަކާއި މުނިފޫހިފިލުވުމާބެހޭ ޚިދުމަތްތައް ފޯރުކޮށްދިނުނުން.

9. މަގުބައްތި ދިއްލައި ބެލެހެއްޓުން.

10. ކައުންސިލްގެ އިދާރާއިން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި އެހެނިހެން ލިޔެކިޔުންތައް ތައްޔާރުކުރުމާއި ފޮނުވުމުން.

11. ކައުންސިލްގެ ބޭނުމަށް އިދާރާއިން ކުރާ ދިރާސާތަކާއި ރިޕޯޓުތައް އެކުލަވާލުމުގެ މަސައްކަތުގައި ބައިވެރިވެ އެހީތެރިވެދިނުން.

12. ކައުންސިލްގެ ބޭނުމަށް އިދާރާއިން ކުރާ ދިރާސާތަކާއި ރިޕޯޓުތައް އެކުލަވާލުމުގެ މަސައްކަތުގައި ބައިވެރިވެ އެހީތެރިވެދިނުން.

13. ކައުންސިލްގެ އިދާރާތަކުން ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ފޮނުވަންޖެހޭ ޕީރިއަޑިކް ރިޕޯޓުތައް ގަވާއިދުން ފޮނުވުމުގެ މަސައްކަތްކުރުން.

14. ޤަވާއިދާއި އުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން ރަށްވެހިންގެ ރަޖިސްޓްރީ ހެދުން.

15. ޤަވާއިދާއި އުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން ރަށްވެހިކަން ބަދަލުކުރުން. އަދި އަލަށް އުފަންވާ ކުދިން ރަށްވެހިންގެ ރަށްވެހިންގެ ރަޖިސްޓްރީގައި ޖެއްސުން.

16. ޤަވާއިދާއި އުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން ދަފްތަރުގައި ޖެއްސުން / ދަފްތަރު ސެޓްފިކެޓް ހެދުން.

17. އުފަންދުވަހުގެ ސެޓްފިކެޓްގައިވާ ނަން ބަދަލުކުރުން. (10 އަހަރުން ދަށް / 10 އަހަރުން މަތި).

18. އުފަންދުވަހުގެ ސެޓްފިކެޓް އަދި އުފަންދުވަހުގެ ރަޖިސްޓްރީ ހެދުމާއި ވިހާމަރުވާގެ ރެކޯޑް ބެލެހެއްޓުން

19. ކައުންސިލްގެ އިދާރާގެ އިދާރީ މަސައްކަތްތަކުގައި ސުޕަރވައިޒަރު އަންގަވާ ގޮތުގެ މަތިން އެހީތެރިވެދިނުން.

20. ހަމަޖެހިފައިވާ އުސޫލެއްގެ މަތީން ބޯހިމެނުމުގެ މަސައްކަތުގައި އެހީތެރިވުން.

21. ކައުންސިލުން ކަނޑައަޅާ ގޮތެއްގެމަތިން ދަތުރު ހިޔާ ބެލެހެއްޓުން.

މަޤާމުގެ ޝަރުތުތައް:

1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީރޮގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާޞިލްކޮށްފައިވުން ނުވަތަ '

2. މަޤާމުގެ މަސައްކަތާ ގުޅޭ ތައުލީމީރޮގަ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާޞިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން .

ގުޅޭ ވަޒިފާގެ ދާއިރާތައް:

އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ އެކައުންޓިންގ/އެގްރިކަލްޗަރ ސައިންސް/އެންތްރޯޕޮލޮޖީ/އާކިޓެކްޗަރ/  ބިޒްނަސް/ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް މެނޭޖްމަންޓް/ސިވިލްއިންޖިނިއަރިންގ/ކޮމާސް/ކޮމިއުނިޓީ ޑިވޮލަޕްމަންޓް/ކޮންޕިއުޓަރ ސައިންސް/ކަލްޗަރ އެންޑް ހެރިޓޭޖް/ޑިމޮގްރަފީ/ޑިވޮލަޕްމަންޓް ސްޓަރޑީޒް/ އިކޮނަމިކް/އެޑިއުކޭޝަން/އެންވަޔަރަމަންޓަލް ސައިންސް/ފައިނޭންސް/ގަވަރނަންސް/ގަވަރނަންސް އެންޑް ޑިވޮލަޕްމަންޓް/ހޮސްޕިޓަލްޓީ އެންޑް ޓޫރިޒަމް/ހިއުމަންރިސޯސަސް/އިންފޮމޭޝަންޓެކްނޮލަޖީ/އިންޓަރނޭޝަނަލް ރިލޭޝަން/ލީ/ލީޑަރސިޕް/ލައިބްރަރީ ސައިންސް/ލޯކަލް ގަވަރނަންސް/މެނޭޖްމަންޓް/މެރިންސައިންސް/މާކެޓިންގ /އޮފިސް އެޑްމިނިސްޓްރޭޝަން/ޕަބްލިކް މެނޭޖްމަންޓް/ޕަބްލިކް ރިލޭޝަންސް/ޝަރިއްޔާ އެންޑް ލޯ/ސޯޝަލް ސައިންސް/ ސޯޝަލް ވޯރކް/ ސޯސިއޮލޮޖީ/ސްޕޯރޓްސް މެނޭޖްމަންޓް/ސްޓެޓިސްޓިކްސް/ސްޓްރަކްޗަރަލް އިންޖިނިއަރިންގ/ސަސްޓެއިނަބަލް ޑިވޮލަޕް މަންޓް/އަރބަން ޕްލޭނިންގ/އާބަންސްޓަރޑީޒް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. މަޢުލޫމާތު ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމް، މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެhttps://www.csc.gov.mv/download/2021/84/1e148c34-4150-9537-29309c104aa7.docx  ގެ ވެބްސައިޓުން މިފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓު ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓު ކޮޕީ

(ނ) ސިވިލް ސަރވިސް ޓްރެއިނިން އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ކޮޕީ

4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ

5. ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން /https://myaccount.csc.gov.mv އިން ފެންނަން ނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒިފާ، އަދި ވަޒިފާގެ މުއްދަތާއި (އަހަރާއި

މަހާއި ދުވަސް އެގޭގޮތަށް) ވަޒިފާގެ މަސްއޫލިއްޔަތުތައް (އެއްއިރެއްގެ ތަފާތު މަޤާމް ތަކުގައި ވަޒިފާ އަދާކޮށްފައި ވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފިހަކުން ދޫކޮށްފައިވާ ލިޔުން.

6. އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ،

ވަޒިފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެގޭގޮތަށް) ވަޒީފާގެ މަސްއޫލިއްޔަތައް (އެއްއިރެއްގެ ތަފާތު މަޤާމް ތަކުގައި ވަޒިފާ އަދާކޮށްފައި ވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

6. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޯދުމަށް ބެލެވޭނެ ކަންތައްތައް:

 

އަސާސީ ޝަރުތު ހަމަވުން

 

30

އަސާސީ ޝަރުތުގެ އިތުރަށް ލިބިފައިވާ ތަޢުލީމް

5

ކޯނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

އަސާސީ ސަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިހާން ނުވަތަ ޕްރެކްޓިކަލް)

20

އިންޓަރވިއު

35

 

ނޯޓް: - މަޤާމަށް ޢައްޔަން ކުރެވޭނީ، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރީއާގެ ހުރިހާ ބަޔަކުން ޖުމްލަ %60 (ފަސްދޮޅަސް) އިން ފެށިގެން މަތީން ޕޮއިންޓް ލިބިފައިވާ ނަމައެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2320 ޑިސެމްބަރު 05  ވާ ހޯމަ  ދުވަހުގެ 14:00 ގެ ކުރިން، މާޅޮސްމަޑުލު  އުތުރުބުރީ  އަނގޮޅިތީމު ކައުންސިލް އިދާރާއަށް . ވަޒިފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.  އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް  ބަންދުދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު

މި މިމަޤާމުތަކަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި އިމްތިޙާނު އޮންނާނީ،  2023 ޑިސެމްބަރު 06 އިން 2023 ޑިސެމްބަރު 21 އާ ދެމެދު، އަނގޮޅިތީމު ކައުންސިލް އިދާރާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް(A2 ފޯމް)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2  ފޯމް)" އާންމުކޮށް ފެންނާނެހެން މިއިދާރާގެ ނޯޓިސް ބޯޑުގައި އާއްމުކުރެވޭނެއެވެ.  ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާއްމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.    

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅާނީ، މިއިދާރާގެ 6580071 ނަންބަރ ފޯނާއެވެ.   އީމެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަން ކުރުމުގެ މިންގަނޑުތަކާއި އުޞޫލްތައް އަދި އެއުޞޫލްތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްޝައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment.usoolu) އިން ލިބެން ހުންނާނެއެވެ.

27 ނޮވެންބަރު 2023
ހޯދާ