އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް މުނިސިޕަލް އޮފިސަރެއް ހޯދުމާބެހޭ

މަޤާމް:                 އެސިސްޓެންޓް މުނިސިޕަލް އޮފިސަރ

ބޭނުންވާ ޢަދަދު:              01

މަޤާމުގެ ރޭންކް:             ޖީ.އެސް 3

މަޤާމުގެ ގިންތި (މުއްދަތު):      ވަގުތީ (މީލާދީ 1 އަހަރުދުވަހުގެ މުއްދަތައް)

ސެކްޝަން:               މުނިސިޕަލް ސަރވިސް

މުސާރަ:                 4465.00 ރުފިޔާ.

ސަރވިސް އެލަވަންސް:        1500.00 ރުފިޔާ.

ސަޕޯޓިންގ ކޯއެލަވެންސް:         700.00 ރުފިޔާ.

މިނިމަމް ވޭޖް އެލަވެންސް:         335.00 ރުފިޔާ.

ސިވިލް ސަރވިސްގެ ޤަވާޢިދުގައި ހަމަޖެހިފައިވާ އުޞޫލުގެމަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

  1. މުނިސިޕަލް މަސައްކަތު ބޭނުންކުރާ ވެހިކަލްތަކަށް ބޭނުންވާ ތަކެތި ހޯދުން.
  2. މުނިސިޕަލް މަސައްކުރާ މީހުންގެ ކަންކަން ބެލެހެއްޓުން.
  3. މުނިސިޕަލް މަސައްކަތް ކުރުމަށް ބޭނުންވާ ތަކެތި ހޯދުން.
  4. މުނިސިޕަލް މަސައްކަތު މީހުންގެ ހާޟިރީ ބެލެހެއްޓުން.
  5. މުނިސިޕަލް މަސައްކަތު މީހުން ހިންގާ ހަރަކާތްތަކުގެ ރިކޯޑް ބެލެހެއްޓުން.
  6. މުނިސިޕަލް އާއި ގުޅުންހުރި އިދާރީ މަސައްކަތްތައް ކުރުން.
  7. ރަށުގެ އިޖުތިމާޢީ ސަރަހައްދު ސާފުކުރާ މީހުންގެ ލިޔެކިޔުންތައް ބެލެހެއްޓުން.
  8. ވެރިން އަދި ސުޕަވައިޒަރ އަންގަވާ އިދާރީ ކަންކަން ކުރުން.

 

މަޤާމުގެ ޝަރުތު:            އުމުރުން 55 އަހަރުނުވާ ދުޅަހެޔޮ ސިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން. އަދި

                     ގްރޭޑް10  ގެ ފެންވަރު ހުރުމާއި އެކު އެސް.އެސް.ސީ އިމްތިހާންގެ ދިވެހި މާއްދާއިން (ސީ) ގްރޭޑް ލިބިފައިވުން.

                        ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ މީހެއްކަމުގައިވުން.

 

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:    28 ނޮވެމްބަރ 2023 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން މި އިދާރާ އަށެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:       1- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

                        2- ލިބިފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ. (އިންޓަރވިއުއަށް ހާޒިރުވާއިރު ސެޓްފިކެޓްގެ

                          އަސްލު ގެންނަންވާނެއެވެ.)

                        3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް

ބެލޭނެ ކަންތައްތައް.:         

އަސާސީ ޝަރުތު ހަމަވުން

30%

އަސާސީ ޝަރުތަށް ވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް

5%

އަސާސީ ޝަރުޠައް ވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5%

އެސެސްމެންޓް ( އިމްތިހާނު ނުވަތަ ޕްރެކްޓިކަލް)

25%

އިންޓަރވިއު

35%

އިންޓަރވިއު އަދި ޕްރެކްޓިކަލް އޮންނާނެ

ތަނާއި، މުއްދަތު:              މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އަދި ޕްރެކްޓިކަލް 06 ޑިސެމްބަރ 2023 އާއި، 07 ޑިސެމްބަރ 2023 އާ ދެމެދު މި އިދާރާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

        މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6680773 ނަންބަރު ފޯނާއެވެ.

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި ޢިއުލާނު ކުރީމެވެ.

23 ނޮވެންބަރު 2023
ހޯދާ