މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތަމްރީން ޕްރޮގްރާމް ހިންގާދޭނެ ފަރާތެއްހޯދުން

މި ކައުންސިލްގެ ފަރާތުން ހިންގުމަށް ރޭވިފައިވާ ރުކުފަތީގެ މަސައްކަތް ދަސްކޮށްދިނުމުގެ ޕްރޮގްރާމްގައި ކިޔަވާދެއްވާނެ މީހުން ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، ކައުންސިލުންދޭ ލެސަން ޕްލޭނާއި އެއްގޮތަށް ރުކުފަތީގެ މަސައްކަތް އަމަލީގޮތުން ކިޔަވާދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން 2023 ނޮވެމްބަރ 30 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ކުރިން މަސައްކަތުގެ އަގު (ކޮޓޭޝަން ނުވަތަ އަގު ހުށަޅާފޯމު)  ހުށަހެޅުއްވުން އެދެމެވެ.

 ހުށަހަޅާ ކޮޓޭޝަން/އަގުހުށަހަޅާފޯމާއެކު އެފަރާތެއްގެ ޕްރޮފައިލްއަކާއި އެފަރާތަކުން ކޮށްފައިވާ ރުކުފަތީގެ މަސައްކަތް އެނގޭނެ (ބަތްޕޮޅި،ގޮށިޖޯޑުފަދަ) އެއްޗެއް ހުށަހަޅަންވާނެއެވެ. މިމަސައްކަތާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީގަޑީގައި މި އިދާރާގެ ނަންބަރު 6600053 އާ ގުޅުއްވުން އެދެމެވެ.

 

        މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

27 ނޮވެންބަރު 2023
ހޯދާ