މާކުރަތު ސްކޫލް، ރ. މާކުރަތް
ދިވެހިރާއްޖެ
ދަރިވަރުންގެ ފާޚާނާބަރި މަރާމާތު ކުރުމާއި ގުޅޭ

                               ބީލަން ހުށަހެޅުމުގެ ދަޢުވަތު (4)                                                                                                 

މި ސްކޫލްގެ އަންހެން ދަރިވަރުންގެ ފާޚާނާ ބަރީގެ 1 ފާޚާނާ މަރާމާތުކޮށް، ދަރިވަރުން ބޭނުންކުރާ ދެ ފާޚާނާ ބަރީގެ ފާޚާނާ ހޮޅި ރަށުގެ ނަރުދަމާ ނިޒާމާ ގުޅާލަން ބޭނުންވެއެވެ. ވީމާ،  މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ. 

  1. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2023 ނޮވެމްބަރ 27 ން 2023 ނޮވެމްބަރ 30 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 12:00 އަށް މާކުރަތު ސްކޫލަށް ދުރުވެ ނަންނޯޓް ކުރެއްވުން އެދެމެވެ. 
  2. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ނޮވެމްބަރ 30 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ. 
  3. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2023 ޑިސެމްބަރ 04 ވާ ހޯމަ  ދުވަހުގެ 13:00 ގައި މާކުރަތު ސްކޫލުގައެވެ. 
  4. ބިޑް ހުޅުވުން އޮންނާނީ 2023 ޑިސެމްބަރ 11 ވާ ހޯމަ ދުވަހުގެ 13:00 ގައި މާކުރަތު ސްކޫލުގައެވެ.
  5. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. (ގެޒެޓް ކުރެވިފައި)
  6. ނަންނޯޓް ކުރުމާގުޅޭ ގޮތުންނާއި އަދި އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މާކުރަތު ސްކޫލް

ރ. މާކުރަތު، ދިވެހިރާއްޖެ.

ފޯން:  6580333

އީ-މެއިލް: [email protected]

27 ނޮވެންބަރު 2023
ހޯދާ