މާފަރު ސްކޫލް
ދިވެހިރާއްޖެ
2024 ވަނަ އަހަރު މާފަރު ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭން ފަރާތެއް ހޯދުން

އިޢުލާން

ސްކޫލުގެ ސެކިޔުރިޓީ ބެލެހެއްޓުމާއިގުޅޭ.

01 ޖެނުއަރީ 2024 ން ފެށިގެން 1 އަހަރުގެ މުއްދަތަށް މިސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައި

ދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި މަސައްކަތަށް އެދި ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށެވެ.

ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ( ޤާނޫނުނަންބަރު 18/2014)ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ތިރީގައި ބަޔާން ކުރާ ފަރާތްތަކަށެވެ.

  1. ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތައް.

1.1 އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތައް.

1.2 ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.

1.3 ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.

1.5 މިމާއްދާގެ 1 ގައި ބަޔާންކުރާ ފަރާތްތަކުގެ ތެރެއިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތައް.

            ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2023ނޮވެމްބަރ 28 އިން 2023 ޑިސެމްބަރ 06  އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8.30 އިން މެންދުރު 13.30 އަށް  ސްކޫލަށްދުރުވެ ނުވަތަ 6560574 ނަންބަރު ފޯނާއި ގުޅުއްވާ ނަންނޯޓްކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓްކުރާ ފަރާތްތަކަށެވެ. މި މަސައްކަތާބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ޑިސެމްބަރ 06 ވާ ބުދަ ދުވަހުގެ މެންދުރު 12.00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

            ސެކިޔުރިޓީ ބެލެހެއްޓުމާއި ބެހޭގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ  2023 ޑިސެމްބަރ  07 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު  10.30 ގައި  މާފަރު ސްކޫލުގައެވެ. ބިޑުހުށަހެޅުމާއި ބިޑްހުޅުވުން އޮންނާނީ 2023ޑިސެމްބަރ 17 ވާ އާދީއްތަ  ދުވަހުގެ މެންދުރު  10.30 ގައި  މާފަރު ސްކޫލުގައެވެ. މި މަސައްކަތާއި ގުޅޭ ބީލަންފޮތް މި ބީލަމުގައި ބައިވެރިވުމަށް ނަންނޯޓްކުރައްވާ ފަރާތްތަކަށް މި ސްކޫލުން ދޫކުރާނެ ވާހަކަ ދަންނަވަމެވެ.     

 އިތުރު މައޫލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.

މާފަރު ސްކޫލް / ނ.މާފަރު

ފޯންނަމްބަރ 6560574

އީމެއިލް: [email protected]

27 ނޮވެންބަރު 2023
ހޯދާ