މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
ކޮންސަލްޓަންޓެއް ހޯދުމަށް

ކޮންސަލްޓަންސީގެ ފުރުޞަތު

މި މިނިސްޓްރީގެ ކޮންސަލްޓަންޓެއްގެ މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އެމަޤާމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލާ ކުރި ނަންބަރު:IUL)25-A5/1/2015/4) (ތާރީޚު:12 ފެބުރުވަރީ 2015) އިޢުލާނަށް، އެކަށީގެންވާ އަދަދަކަށް އެޕްލިކޭޝަން ލިބިފައިނުވާތީ، އެމަޤާމަށް ކުރިމަތި ލެއްވުމުގެ މުއްދަތު 24 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 އަށް އިތުރު ކޮށްފައިވާ ކަމުގައި ދަންނަވަމެވެ.

މުސާރަ: -/15,000 - -/20,000 ރުފިޔާ

ނަން: ކޮންސަލްޓަންޓް

ބޭނުންވާ އަދަދު: 1

މުއްދަތު: ތިން (3) މަސް ދުވަސް

  • ފޮރިން ސަރވިސްގެ މަޤާމުތަކާއި އޮނިގަނޑާއި ގްރޭޑިންގ ސިސްޓަމް ތައްޔާރުކުރުން.
  • މުވައްޒަފުންގެ ޕަރފޯމަންސް ބަލާނޭ ގައިޑްލައިނެއް ތައްޔާރުކޮށް މިކަމަށް ބޭނުންވާ ފޯމުތައް ފަރުމާކުރުން.
  • އަލަށް ތައްޔާރުކުރެވޭ ގްރޭޑިންގ ސިސްޓަމާއި ޕަރފޯމަންސް ބެލުމުގެ ނިޒާމާއިގުޅޭ ގޮތުން މުވައްޒަފުންނަށް ތަމްރީން ސެޝަންތަކެއް ހިންގައިދިނުން.
  • ފޮރިން ސަރވިސް މުވައްޒަފުން ތަމްރީން ކުރާ މަރުކަޒުގެ އިދާރީ އޮނިގަނޑާއި، ތަނުގެ މައިގަނޑު މަސައްކަތްތަކާއި، މުވައްޒަފުން ތަމްރީން ކުރުމާބެހޭގޮތުން ޢަމަލުކުރާނެ އުސޫލުތަކާއި ގަވާއިދުތައް އެކުލަވައިލުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

މިމަސައްކަތްތައް ކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމުގެ އިތުރުން:

މަޤާމުގެ މަސައްކަތާއިގުޅޭ (މެނޭޖްމެންޓް /އެޑްމިނިސްޓްރޭޝަން /ހިއުމަން ރިސޯސް) ފަދަ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައި ވުމާއެކު، މިފަދަ މަސައްކަތެއްގައި މަދުވެގެން 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ޝަރުޠު (ތަޢުލީމާއި ތަޖުރިބާ)

 

ވީމާ، މިމަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 24 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށް ސިޓީ ފޮނުއްވުން އެދެމެވެ. ސިޓީފޮނުއްވާއިރު، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ވަނަވަރު އަދި ވަނަވަރުގައިވާ މަޢުލޫމާތަށް ބާރުދޭ ހުރިހާ ލިޔުންތަކުގެ ކޮޕީ، އަސްލާ އެއްގޮތްކަމަށް އެޓެސްޓް ކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ.

25 ޖުމާދަލްއޫލާ 1436

16 މާރިޗު 2015
ހޯދާ