މ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ހޯލް ޢިމާރާތް މަރާމާތުކުރުން

މ. އަތޮޅު ތަޢުލީމީ މަރުކަޒު

މ. މުލި / ދިވެހިރާއްޖެ

                         އިޢުލާނު ނަންބަރ: (IUL)GS-23/PRIV/2023/40

                        ޕްރޮޖެކްޓް ނަންބަރ: GS-23-2023-G-003

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

މިމަރުކަޒުގެ ހޯލް ޢިމާރާތް މަރާމާތުކުރުން

  1. މިމަރުކަޒުގެ ހޯލް ޢިމާރާތުގެ މަރާމާތުތަކެއް ކުރުމަށް ބޭނުންވެއްޖެއެވެ.
  2. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް އަދި ކުރުމަށް ބޭނުންވާ މަރާމާތުތަކުގެ ތަފްސީލް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2023 ނޮވެމްބަރ 27 ން 2023 ނޮވެމްބަރ 30 ގެ 14:00 ގެ ނިޔަލަށް ތިރީގައިވާ އީމެއިލް މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

"ބިޑް ރަޖިސްޓްރީ ފޯމް" ގެ އީމެއިލް:

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ޑިސެމްބަރ 04 ވަނަ ދުވަހުގެކުރިން މި މަރުކަޒަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  2. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2023 ޑިސެމްބަރ 05 ވަނަ ދުވަހުގެ 11:00 ގައިމ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.
  3. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
  4. މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މ. އަތޮޅު ތަޢުލީމީ މަރުކަޒު

މ. މުލި / ދިވެހިރާއްޖެ                                                      

ފޯން:  7952901

އީ-މެއިލް: [email protected]

27 ނޮވެންބަރު 2023
ހޯދާ