މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2023 ވަނަ އަހަރުގެ ކަނދޮޅު އެވޯޑަށް ކުރިމަތި ލެއްވުން:

2023 ވަނަ އަހަރުގެ ކަނދޮޅު އެވޯޑަށް ކުރިމަތި ލެއްވުން:

              މި އިދާރާއިން ކުރި ނަންބަރު (IUL)304/304/2023/167 އިޢުލާނާ ހަވާލާދީ ދަންނަވަމެވެ.

              ރ. ކަނދޮޅުދޫ އަށާއި ރ. ދުވާފަރަށް އެކި ރޮނގުރޮނގުން ޚިދުމަތް ކޮށްދީފައިވާ ފަރާތްތަކާއި އަދި މިހާރުވެސް ޚިދުމަތް ކޮށްދެއްވަމުންދާ ފަރާތްތަކާއި، ކަނދޮޅުދޫ އަށާއި ދުވާފަރަށް ރީތިނަން ހޯއްދަވައި ދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ދިނުމަށް ހަމަޖެހިފައިވާ ''ކަނދޮޅު އެވޯޑް'' އަށް ނަން ހުށައެޅުމުގެ ދާއިރާތައް ތިރީގައި މިވަނީއެވެ.

 

  1. އިސްލާމްދީނާއި ތަޢުލީމް:                                   8. ވިޔަފާރި އާއި އިޤްތިޞާދު:
  2. ޞިއްޙަތާއި ކުޅިވަރު:                                     9. ދިވެހި ތާރީޚާއި ޘަޤާފަތް:
  3. ޢުމްރާނީ ތަރައްޤީ އާއި އުފެއްދުންތެރިކަން:                       10. ދިވެހިބަހާއި އަދަބިއްޔާތު:
  4. މަސައްކަތްތެރި ކަމާއި ފަންނީ ހުނަރުވެރިކަން:                     11. އައު ހޯދުންތަކާއި އައު އީޖާދު ކުރުން:
  5. މަސްވެރިކަމުގެ ދާއިރާ:                                   12. ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާ:
  6. 6.      ފަތުރުވެރިކަމުގެ ދާއިރާ:                                  13. މީހުން ބިނާކުރުމާއި ހިންގުމުގެ ދާއިރާ:
  7. 7.      އެއްވެސް ރޮނގަކުން ރަށަށް ރީތި ނަމެއް ހޯދައިދީފައިވާ ފަރާތްތައް:   

            

                 މި އެވޯޑަށް ކުރިމަތިލެއްވުމުގެ ގޮތުން އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުޞަތާއި، އެހެން ފަރާތަކުން ނަން ހުށަހެޅުމުގެ (ނޮމިނޭޓް ކުރުން، މީގެތެރޭގައި ނިޔާވެފައިވާ މީހެއްގެ ނަމުގައި ހުށަހެޅުމުގެ ފުރުޞަތު ހިމެނޭނެއެވެ.) ފުރުޞަތު 2023 ޑިސެމްބަރު 07 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށްވަނީ ހުޅުވާލާފައެވެ.

                 މި އެވޯޑަށް ކުރިމަތި ލައްވާ ފަރާތްތަކުން މި އިދާރާއަށް ވަޑައިގަތުމުން އިދާރާގެ ކައުންޓަރުން ފޯމް ލިބިވަޑައިގަންނަވާނެއެވެ. މުއްދަތުގެ ފަހުން ހުށަހަޅާ ފޯމުތައް ބަލައި ނުގަނެވޭނެވެ.

 

                   ވީމާ، ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ. 

                   13 ޖުމާދަލްއޫލާ  1445 

                   27 ނޮވެމްބަރ   2023    

 

 

27 ނޮވެންބަރު 2023
ހޯދާ