މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

ފުނަދޫގައި ޤާއިމުކުރެވޭ ސްޕޯޓްސް އެރީނާ ޕްރޮޖެކްޓުގެ ދަށުން ތިރީގައިމިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

1- ފުޓްބޯޅަދަނޑުގެ ފެންސު މަރާމާތުކުރުން

5- ބާސްކެޓްބޯޅަ ކޯޓު ތަރައްޤީކުރުން

2- ފުޓްބޯޅަދަނޑު ލެވެލްކުރުން

6- ނެޓްބޯޅަ ކޯޓު ތަރައްޤީކުރުން

3- ފުޓްބޯޅަދަނޑުގެ ލައިޓިންގ

7- ބަށިބޯޅަ ކޯޓު ތަރައްޤީކުރުން

4- ވޮލީބޯޅަ ކޯޓު ތަރައްޤީކުރުން

 

ވީމާ، މިމަސައްކަތްތައް ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން 23 މާރިޗު 2015ވާ ހޯމަދުވަހުގެ 10:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި ބިޑް ހުށަހެޅުން އޮންނާނީ 30 މާރިޗު 2015ވާ ހޯމަދުވަހުގެ 10:00ގައެވެ. އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތެއް ބޭނުންވެލައްވާނަމަ 6540052 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

21 ޖުމާދަލްއޫލާ 1436

12 މާރިޗު 2015
ހޯދާ