ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް  ހޯދުމަށް ފުރަތަމަ ފަހަރު ކުރެވުނު ނަންބަރ (IUL)266-PR/266/2023/213 (18 ސެޕްޓެމްބަރ 2023) އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބިޑްގައި ރަޖިސްޓަރ ވުމަށް:

ލިންކް:  https://forms.office.com/r/xzRBgav1Mp

 

ތަފްސީލް

ތާރީޚް

ގަޑި

ސުވާލެއްވާނަމަ އީމެއިލް ކުރައްވަންވީ ސުންގަޑި

އީމެއިލް [email protected]

‏04‏ ޑިސެމްބަރ‏ 2023‏ (ހޯމަ‏)

10:30

ރަޖިސްޓަރ ވުމުގެ ސުންގަޑި

‏05‏ ޑިސެމްބަރ‏ 2023‏ (އަންގާރަ‏)

10:30

އަންދާސީ ހިސާބު ހުށަހެޅުން

‏06‏ ޑިސެމްބަރ‏ 2023‏ (ބުދަ‏)

10:30

ތަން: ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާ

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި ގުޅުއްވާނީ 6527182 ނުވަތަ 6527192 އަށެވެ.

 

މިމަސައްކަތާއި ބެހޭ އެންމެހާ ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯމެޓްގައި މިއިދާރާގެ ވެބްސައިޓް https://kulhudhuffushicity.gov.mv/procure އިން ‏26‏ ނޮވެމްބަރ‏ 2023 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.  

ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މިބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

 

 

 

ބީލަމާގުޅޭ މައުލޫމާތު ޝީޓު އަދި ބީލަން ފޮތް ޑައުންލޯޑު ކުރެއްވުމަށް: https://kulhudhuffushicity.gov.mv/2023/11/15875

 

26 ނޮވެންބަރު 2023
ހޯދާ