މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ލ. ބަރެސްދޫ ވަގުތީގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

      

ލ. ބަރެސްދޫ ވަގުތީގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން


މިކޯޕަރޭޝަނަށް 50 އަހަރަށް ކުއްޔަށް ދީފައިވާ، ލ. ބަރެސްދޫ (މަހަކަންފުށި ހިމެނޭ ގޮތުން) ވަގުތީ ގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް، މިމަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ) އަދި މިފަދަ މަސައްކަތެއްކުރުމުގެ މާލީ ޤާބިލްކަންހުރި ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން: 28 ނޮވެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 10:30 ގައި މި ކޯޕަރޭޝަންގެ އޮފީހުގައި

އަންދާސީ ހިސާބު ހުށަހެޅުން: 04 ޑިސެމްބަރ 2023 ވާ ހޯމަ ދުވަހުގެ 10:30 ގައި މި ކޯޕަރޭޝަންގެ އޮފީހުގައި

ސަމާލުކަން ދެއްވުމަށް: މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޟިރުނުވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެއެވެ. އަދި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައަޅާފައިވާ ގަޑީގެ ފަހުން ހާޟިރުވާ ފަރާތްތަކަށް، ބައިވެރިވުމުގެ ފުރުޞަތު ދެވެން ނެތް ވާހަކަ ދަންނަވަމެވެ.

އެމްއައިޓީޑީސީ ގެ އޮފީސް އެޑްރެސް: މ.އައިރިސް 7 ވަނަ ފަންގިފިލާ، މާލެ، ދިވެހިރާއްޖެ


އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ (ރަސްމީ މަސައްކަތު ގަޑީގައި) 3019911 ނަންބަރު ފޯނަށެވެ.

26 ނޮވެންބަރު 2023
ހޯދާ