މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2023 ވަނަ އަހަރުގެ ކަނދޮޅު އެވޯޑަށް ކުރިމަތި ލެއްވުން:

2023 ވަނަ އަހަރުގެ ކަނދޮޅު އެވޯޑަށް ކުރިމަތި ލެއްވުން:

                  ރ. ކަނދޮޅުދޫ އަށާއި ރ. ދުވާފަރަށް އެކި ރޮނގުރޮނގުން ޚިދުމަތް ކޮށްދީފައިވާ ފަރާތްތަކާއި އަދި މިހާރުވެސް ޚިދުމަތް ކޮށްދެއްވަމުންދާ ފަރާތްތަކާއި، ކަނދޮޅުދޫ އަށާއި ދުވާފަރަށް ރީތިނަން ހޯއްދަވައި ދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް އެފަރާތް ތަކަށް ޙައްޤު ޝުކުރު އަދާކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއްކަމުގައި ކައުންސިލަށް ޤަބޫލު ކުރެވޭތީ އެފަދަ ފަރާތްތަކަށް އެވޯޑެއް އެރުވުމަށް މި އަހަރުން ފެށިގެން މި ކައުންސިލުންވަނީ ނިންމާފައެވެ. 

                  މި އެވޯޑަށް ދީފައިވާ ނަމަކީ ''ކަނދޮޅު އެވޯޑް'' އެވެ. މި އެވޯޑަށް ކުރިމަތިލެއްވުމުގެ ގޮތުން އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުޞަތާއި، އެހެން ފަރާތަކުން ނަން ހުށަހެޅުމުގެ (ނޮމިނޭޓް ކުރުން، މީގެތެރޭގައި ނިޔާވެފައިވާ މީހެއްގެ ނަމުގައި ހުށަހެޅުމުގެ ފުރުޞަތު ހިމެނޭނެއެވެ.) ފުރުޞަތު 2023 ޑިސެމްބަރު 07 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށްވަނީ ހުޅުވާލާފައެވެ.

                  މި އެވޯޑަށް ކުރިމަތި ލައްވާ ފަރާތްތަކަށް މި އިދާރާގެ ކައުންޓަރުން ފޯމް ލިބިވަޑައިގަންނަވާނެއެވެ. މުއްދަތުގެ ފަހުން ހުށަހަޅާ ފޯމުތައް ބަލައި ނުގަނެވޭނެވެ.

 

                  ވީމާ، ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ. 

26 ނޮވެންބަރު 2023
ހޯދާ