މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ކިއުބާ ސްކޮލަރޝިޕް 2024

ކިއުބާ ސްކޮލަރޝިޕް 2024

ކޯހުގެ ޢަދަދު: 1 ފުރުޞަތު

އެމް.ބީ.ބީ.އެސް

ކޯހުގެ ދާއިރާ:

ކިޔަވައިދޭ ބަސް: ސްޕެނިޝް ބަސް

ބެޗްލަރސް ޑިގްރީ 

ކޯހުގެ ލެވެލް:

ޤައުމު: ކިއުބާ  

ލެޓިން އެމެރިކަން ޔުނިވަރސިޓީ އޮފް މެޑިސިން (އީ.އެލް.އޭ.އެމް)

ޔުނިވަރސިޓީ:

 

1. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ އިމްތިޙާނުގެ ބަޔޮލޮޖީ، ކެމިސްޓަރީ އަދި ފިޒިކްސް ހިމެނޭގޮތަށް 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ޙާސިލުކޮށްފައިވުން  

2. ޖީ.ސީ.އީ އޭލެވެލް މާއްދާތަކުގެ ތެރެއިން ބަޔޮލޮޖީ، ކެމިސްޓަރީ އަދި ފިޒިކްސް ނުވަތަ ހިސާބު ހިމެނޭގޮތަށް 03 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ޙާސިލުކޮށްފައިވުން

3. 15 ޑިސެމްބަރު 2023 އަށް އުމުރުން 25 އަހަރުވެފައިނުވުން.  

4. މާބަނޑު ފަރާތެއްކަމުގައި ނުވުން.

 

އެދޭ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް:

1. މި މިނިސްޓްރީއިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން.

2. އެދޭ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައިނުވުން.

 

ކޯހުގެ ޝަރުތު:

ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި.

1. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

2. ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް).

3. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.  

4. މިހާރު ހާސިލް ކޮށްފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލް ކުރުމަށްފަހު ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް، ރަސްމީ ލިޔުމެއް ނުލިބިއްޖެނަމަ ސަބަބާއި މުއްދަތު އިނގޭނެ އަމިއްލަ ލިޔުމެއް.

5. ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެފަރާތެއް މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން.

6. ކުރިން ލޯނު ނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވާއިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކާ ފަރާތްތަކުން މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު ދައްކާނެ ކަމަށް ބަޔާންކޮށް އެފަރާތުގެ ލިޔުމެއް ނުވަތަ އެހެން ފަރާތެއް ޙަވާލުވާނަމަ، ޙަވާލުވާ ފަރާތުގެ ލިޔުން.

ހުށަހަޅަންޖެހޭ ތަކެތި:

- މި ފުރުޞަތަށް ހޮވޭ ކެންޑިޑޭޓުން ކިއުބާއަށް ފުރުމަށް ހަމަޖެހިފައިވަނީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

- ކޯސް ފެށުމުގެ ކުރިން ސްޕެނިޝް ބަސް ކިޔަވައިދިނުމަށް ވަނީ ހަމަޖެހިފައެވެ.

- މި ކޯސްތަކުގެ ޕްލޭސްމަންޓް ދިނުމާއި ފައިނަލް ސެލެކްޝަންގެ އެންމެފަހުގެ ނިންމުން ނިންމާނީ ކިއުބާ ސަރުކާރުންނެވެ.

- މި ސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހެޅުމަށްފަހު އެދޭ ކޯސް އަދި ޔުނިވަރސިޓީ/ކޮލެޖް ބަދަލެއް ނުކުރެވޭނެއެވެ.

- މި ސްކޮލަރޝިޕްގެ ދަށުން ދެކޮޅު ޓިކެޓް ފިޔަވައި އެހެނިހެން ޚަރަދުތަކަށް ކަނޑައެޅިފައިވާ މިންވަރުތަކަކަށް ފައިސާ ދެއްވުމަށް ހަމަޖެހިފައިވަނީ ކިއުބާ ސަރުކާރުންނެވެ. އަދި ރިޓާން އެއަރ ޓިކެޓް ދިނުމަށް ހަމަޖެހިފައިވަނީ މިމިނިސްޓްރީގެ ފަރާތުންނެވެ.

- މި މިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިސްކޮލަރޝިޕަށް ނޮމިނޭޓް ކުރެވޭ ކެންޑިޑޭޓުން މި މިނިސްޓްރީން އެންގުމުން ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް/ތަކެތި  13ޑިސެމްބަރު 2023 ގެ 13:00 ކުރިން މި މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެއެވެ.  

* ޕާސްޕޯޓް ޑޭޓާ ޕޭޖް ކޮޕީ

* ޕޮލިސް ރިޕޯޓް

* މެޑިކަލް ސެޓްފިކެޓް (އެޗް.އައި.ވީ ވައިރަސް ނެތްކަން އަދި އަންހެން ކެންޑިޑޭޓުން ބަނޑު ބޮޑު ނޫންކަން އަންގައިދޭ ޓެސްޓް ހިމެނޭގޮތަށް )

* އައި.ޑީ.ކާޑް ސައިޒްގެ 10 ކުލަ ފޮޓޯ  

* އުފަންދުވަހުގެ ސެޓްފިކެޓް (ސްޕެނިޝް ބަހަށް ތަރުޖަމާކޮށްފައި)

 

-    މި އިއުލާނާގުޅޭ އިތުރު މައުލޫމާތު އެނެކްސް 1 އިން ލިބޭނެއެވެ.

 

 

އިތުރު މަޢުލޫމާތު:

ސުންގަޑި: 4 ޑިސެމްބަރ 2023 ވާ ހޯމަ ދުވަހު 13:30 ގެ ކުރިން

އެޕްލިކޭޝަން ހުށަހަޅާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.

އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންނާއި އަދި 3026942 / 3026947 ނަންބަރު ފޯނުން ލިބޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް އީމެއިލް ކުރާނީ [email protected] އަށެވެ.

26 ނޮވެންބަރު 2023
ހޯދާ