މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ޚާއްޞަ ހަދިޔާ (ސްޕެޝަލް ގިފްޓް) ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ކޯޕަރޭޝަނުން 2015 ވަނަ އަހަރު ބައިވެރިވާ ފެއަރތަކާއި އަދި އެހެނިހެންވެސް ޓޫރިޒަމް ޕްރޮމޯޝަނަލް އިވެންޓްތަކަށް ޒިޔާރަތްކުރާ މެހެމާނުންނަށް ހަދިޔާއަކަށް ދިނުމަށް ބޭނުންކުރާނެ ޚާއްޞަ ހަދިޔާ (ސްޕެޝަލް ގިފްޓް) ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު އިޢުލާން ނަންބަރު IUL)MMPRC-HAS/1/2015/10) އާ ގުޅިގެން އެންމެ ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަންތައް ކޮށްދެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 24 މާރިޗު 2015ވާ އަންގާރަ ދުވަހުގެ 10:00 އަށް މި ކޯޕަރޭޝަނަށް (ވެލާނާގޭގެ 4 ވަނަ ފަންގިފިލާ)އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 31 މާރިޗު 2015ވާ އަންގާރަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

25 ޖުމާދަލްއޫލާ 1436

16 މާރިޗު 2015
ހޯދާ