ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު ޢައްޔަނުކުރުމަށް ބާއްވާ އިންތިޚާބު 2023 - ޝަކުވާ ބާލާ ކޮމިޓީއަށް ކުރިމަތިލުމަށް ހުޅުވައިލުން

7 ޑިސެންބަރު 2023 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު ޢައްޔަނުކުރުމަށް ބާއްވާ އިންތިޚާބާ ގުޅިގެން ހުށަހެޅޭ ޝަކުވާތައް ބެލުމަށްޓަކައި 3 (ތިނެއް) މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް ޤާއިމުކުރުމަށް "ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު ޢައްޔަނުކުރުމަށްޓަކައި ބާއްވާ އިންތިޚާބާބެހޭ އުސޫލު" ގެ 16 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވެއެވެ.

އެހެންކަމުން، އާންމު މެންބަރުންގެ ތެރެއިން ޝަކުވާބާލާ ކޮމިޓީގެ މެންބަރެއްގެ ގޮތުގައި މަސައްކަތްކުރުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، ކަނޑައެޅިފައިވާ ފޯމް: https://forms.gle/Qhu3p6vit2aYLjoM9 މެދުވެރިކޮށް، 27 ނޮވެންބަރު 2023 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ބާ ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.

24 ނޮވެންބަރު 2023
ހޯދާ