އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯލަޑަން ފުޓަސަލް ޗެލެންޖް 2024 މުބާރާތުގައި އދ. ފެންފުށީ ޓީމް ތަމްސީލްކުރުމަށް ފުރުޞަތު ހުޅުވާލުން

            ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގައި އދ. ފެންފުށި ތަމްސީލްކުރުމުގެ ފުރުޞަތު، މިރަށުގައި ހަރަކާތްތެރިވާ ކްލަބް ޖަމްއިއްޔާ ތަކަށާއި، މިކައުންސިލްގެ އިދާރާގައި ރަޖިސްޓަރީކޮށްފައިވާ ފުޓްސަލް ޓީމްތަކަށް ހުޅުވާލަމެވެ.

            މި މުބާރާތުގައި އދ. ފެންފުށި ތަމްސީލް ކުރުމަށް ފުރުޞަތުދެވޭ ޓީމަކަށް، ޖާރޒީ ގަތުމަށް -/7000ރ (ހަތްހާސް ރުފިޔާ) އާއި ހިލޭދެވޭ ގްރާންޓް އެހީގެ ގޮތުގައި -/10000ރ (ދިހަހާސް ރުފިޔާ) އދ. ފެންފުށީ ކައުންސިލްގެ ފަރާތުން ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ގޯލްޑަން ފުޓްސަލް މުބާރާތުގައި ބައިވެރިވާ ފެންފުށީގެ ފުޓްސަލް ޓީމަށް އެއްވެސް ފަރާތެއްގެ ސްޕޮންސައެއް ލިބިއްޖެ ނަމަ އެލިބުނު ސޮޕޮންސަރ ފެންފުށި ތަމްސީލްކުރުމަށް ހޮވޭ ޓީމަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

            މި މިބާރާތުގައި ފެންފުށީ ތަމްސީލްކުރުމަށް ޕްރޮޕޯސަލް ހުށަހަޅުއްވާ ޓީމްތަކަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ މިންގަނޑު ތިރީގައި އެވަނީއެވެ.

1 ފެންފުށީގެ ހުރިހާ ކުޅުންތެރިންނަށް ފުރުޞަތު ހުޅުވާލައިގެން ޓީމަށް ކުޅުންތެރިން ނަގާނަމަ 25 ޕޮއިންޓް

2 ލައިސަން އޮތް ކޯޗަކު މެދުވެރިކޮށް ޓީމްގެ ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ހުށަހަޅާނަމަ 25 ޕޮއިންޓް

3 ޓީމްގެ ފަރާތުން މުބާރާތަށް ހަރަދުކުރުމަށް އެންމެ މަތީ އަގެއް ހުށަހަޅާ ޓީމަކަށް 50 ޕޮއިންޓް (މިބަޔަށް ޕޮއިންޓް ދިނުމުގައި އެންމެ މަތިން ހުށަހަޅާ އަގު އެއީ ބޭސްލައިންކަމުގައި ބަލައިގެން ދެންހުރި ޓީމްތަކަށް ޕޮއިންޓް ދެވޭނެއެވެ.)

            ވީމާ ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގައި ފެންފުށި ތަމްސީލްކުރުމަށް ޝައުގުވެރިވެލައްވާ ޓީމްތަކުން 29 ނޮވެންބަރ 2023 ވާ ބުދަދުވަހުގެ 13:30 ގެ ކުރިން މިކައުންސިލްގެ އިދާރާ އަށް ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދައުވަތު އެރުވީމެވެ.

23 ނޮވެންބަރު 2023
ހޯދާ