މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދި މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕް 2024

ނ. ކެނދިކުޅުދޫ ކައުންސިލުން އިންތިޒާމުކޮށްގެން 2024 ވަނަ އަހަރުގެ އޭޕްރިލްމަހު ބޭއްވުމަށް ހަމަޖެހިފައިވާ [ދި މެންގްރޫވް އައިލޭންޑް ޗެމްޕިއަންޝިޕް 2024] ގައި ބައިވެރިވުމަށް މި ކައުންސިލުން ވަނީ ނިންމާފައެވެ. މިހެންކަމުން މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޓީމުނެގުމާއި މުބާރާތުގެ ތައްޔާރީތަށް ވުމަށްޓަކައި އިންތިޒާމު ކޮމިޓީއެއް އެކުލަވާލުމަށްވަނީ ނިންމާފައެވެ.

ވީމާ، މުބާރާތުގެ އިންތިޒާމު ކޮމިޓީގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކުން 2023 ނޮވެންބަރު 30 ވާ ބުރާސްފަތިދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ތިރީގައިވާ ލިންކު މެދުވެރިކޮށް ފޯމް ހުށަހެޅުއްވުންއެދެމެވެ.

ޓީމުގެ އިންތިޒާމު ކޮމިޓީއަށް ވަނުމަށް އެދި ހުށަހަޅާ ފޯމް:   https://tinyurl.com/w57r5b97

23 ނޮވެންބަރު 2023
ހޯދާ