މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.ދުވާފަރު ކައުންސިލް އިދާރާގައި ހުރި ކުރުނބާ، ކާށި، ގަބުޅި، ރުކުކުރި އަދި ރުށްގުޅިތަކުގެ ނީލަންކިޔުމާއި ގުޅޭ

                     ރ.ދުވާފަރު ކައުންސިލް އިދާރާގައި ހުރި ކުރުނބާ، ކާށި، ގަބުޅި، ރުކުކުރި އަދި ރުށްގުޅިތަކުގެ ނީލަން ކިއުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، ނީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 26 ނޮވެމްބަރ 2023 ވާ އާދިއްތަ ދުވަހުގެ މެންދުރު 13:00 އަށް ރ.ދުވާފަރު ކައުންސިލް އިދާރާއަށް ދުރުވެދެއްވުމަށް ދަންނަވަމެވެ.

                      ނީލަމުގެ ބައިތައް ފެށޭ އަގާއި އިތުރު ކުރެވޭނެ އަގު ނީލަންކިޔާ ސަރަހައްދަށް ދިއުމުން ނީލަން ފެށުމުގެ ކުރިން އެންގޭނެއެވެ. އަދި ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން ތަކެތި ދޫކުރެވޭނީ ފައިސާ ދެއްކެވުމަށްފަހުއެވެ. ނީލަމުން ނަންގަވާ ތަކެތި 26 ނޮވެމްބަރ 2023 ވާ އާދިއްތަ ދުވަހުގެ އިރުއޮއްސި 06:00 ގެ ކުރިން ގެންދަވަން ވާނެއެވެ. އަދި އޭގެ ފަހުން ނުގެންގޮސް ހުންނަ ތަކެއްޗަކީ ބޭނުންނެތް ތަކެތި ކަމުގައި ބަލައި ނައްތާލެވޭނެއެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ ޢިޢުލާން ކުރީމެވެ.

 

                    12 ޖުމާދުލްއޫލާ 1445

                    26 ނޮވެމްބަރ 2023

23 ނޮވެންބަރު 2023
ހޯދާ