މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ މަސްރޭހާއި ގުޅޭ

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ މަސްރޭހާއި ގުޅޭ

 

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މަސްރޭހެއް ބޭއްވުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. މި މަސްރޭސް އޮންނާނީ 2023 ޑިސެމްބަރ 09 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 7:00 އިން ހަވީރު 17:00 އަށެވެ.

މިރޭހުގައި ބައިވެރިވެލެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން 2023 ޑިސެމްބަރ 05 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އެކަމަށް އެދޭ ފޯމު، މިއިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި އަދި މުބާރާތުގެ އުސޫލު "މަސްބޭނުމުގެ މުބާރާތާއި ބެހޭ އުޞޫލު – 2023/04/299" މިއިދާރާއިން ލިބެން ހުންނާނެއެވެ.

އަދި މިމުބާރާތް ސްޕޮންސަރ ކުރެއްވުމަށާއި، އެކިވަނަތަކަށް އިނާމް ހުށަހެޅުއްވުމުގެ ފުރުސަތު 2023 ޑިސެމްބަރ 05 ވާ އަންގާރަ ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމުގައިވެސް ދެންނެވީމެވެ. މިކަމާއި ގުޅިގެން އިތުރު މައުލޫމާތު ހޯއްދެވުމަށް މިއިދާރާއަށް ގުޅުއްވުމަށް ދަންނަވަމެވެ.

މިއިޢުލާނާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މިއިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ ނަންބަރު 4000299 ފޯނަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް މެއިލް ކުރައްވައިގެން މައުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.

23 ނޮވެންބަރު 2023
ހޯދާ