މަކުނުދޫ ސްކޫލް، ހދ. މަކުނުދޫ
ދިވެހިރާއްޖެ
2024 ވަނަ އަހަރު ސްކޫލު ސެކިއުރިޓީ ބެލެހެއްޓުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. 2024 ވަނަ އަހަރު މަކުނުދޫ ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
  2. މި މަސައްކަތް ހުޅުވާލެވިފައިވަނީ ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށެވެ.

2.1- ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކުރެވިފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކަށެވެ.   

                                   I.            ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކުންފުނިތައް.

                                 II.            ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.

                               III.            ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.

                               IV.            އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.

2.2- ބީލަން ޙަވާލު ކުރުމުގައި އިސްކަން ދޭނެ އުޞޫލު ބީލަން ފޮތުގައި ހިމަނާފައިވާނެއެވެ.

  1. މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް މި އިޢުލާނާއެކު އެއްކަރުދާސް ކޮށްފައިވާނެއެވެ. ބީލަމާއި އެކު ހުށައަޅަން ޖެހޭ ލިޔެކިޔުމާއި ޕޮއިންޓް ލިބޭ އުޞޫލު ބީލަން ފޮތުގައި ހިމަނާފައިވާނެއެވެ.
  2. މި މަސައްކަތަށް ރަޖިސްޓްރީ ކުރުމަށް 23 ނޮވެމްބަރ 2023 ން 03 ޑިސެމްބަރ 2023 ގެ 14:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://forms.gle/piAqtn57icHrtX3v6
  3. ބީލަން ހުށައެޅުމާއި ހުޅުވުން އޮންނާނީ  2023 ޑިސެމްބަރ 04 ވާ ހޯމަ ދުވަހުގެ 13:00 ގައި މަކުނުދޫ ސްކޫލް މީޓިންގ ރޫމުގައެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލު ސިޓީއާއި އަންނަ ފަރާތުގެ އައިޑީ ކާޑު ގެންނަންވާނެއެވެ.
  4. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މަކުނުދޫ ސްކޫލް، ހދ މަކުނުދޫ، ދިވެހިރާއްޖެ، ފޯން: 6520529 ،     އީ-މެއިލް: [email protected]

09 ޖުމާދަލްއޫލާ 1445

23 ނޮވެމްބަރ 2023

 

                                                                    މުޙައްމަދު ލުޠުފީ

                                                                     ޕްރިންސިޕަލް

23 ނޮވެންބަރު 2023
ހޯދާ