ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ކ.ގުޅީ ފަޅު އިންޖީނުގޭގައި ހުރި ބައެއް ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލުމަށް.

ކ.ގުޅީ ފަޅު އިންޖީނުގޭގައި ހުރި މިދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ.

  • ހަލާކުވެފައިވާ ޕާކިންސް ޖަނރޭޓަރެއް (48 ކިލޯވޮޓްގެ) (MN: (F2304
  • ހަލާކުވެފައިވާ ސައުންޑް ޕްރޫފް ޖަނަރޭޓަރ (37 ކިލޯވޮޓް)
  • ހަލާކުވެފައިވާ ވެހިކަލް (އިސޫޒް) ރަޖިސްޓަރީ ނަންބަރު CAIA 1278

މިތަކެތީގެ ނީލަން ފެށޭ އަގަކީ -/10,000ރ (ދިހަހާސް ރުފިޔާ) އެވެ. މިތަކެތީގެ ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން -/500ރ (ފަސްސަތޭކަ ރުފިޔާ) އެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވެލައްވަން އެދިލައްވާ ފަރާތްތަކުން އެތަކެތި ބައްލަވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ނީލަން ފެށޭ އަގުގެ %50 އަށް ވާ -/5,000ރ (ފަސްހާސް ރުފިޔާ) ޑިޕޮޒިޓް ދެއްކެވުމަށްފަހު ފައިސާ ދެއްކެވި ރަސީދުގެ ކޮޕީއާއެކު ހުށަހަޅުއްވާ އެންމެމަތީ އަގު ބަންދުކޮށް 2015 މާރިޗު 16 ވާ ހޯމަ ދުވަހުގެ 13:00 އަށް މިކުންފުންޏަށް ހާޒިރުވެ ދެއްވުން އެދެމެވެ. އަދި މި ތަކެތީގެ ނީލަން ނިމޭތާ 04 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން ފައިސާ ދެއްކެވުމަށްފަހު ތަކެތި ގެންދަވަން ވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފިނަމަ ނީލަން ބާޠިލުކޮށް އަލުން އެތަކެތި ނީލަމަށް ލެވޭނެއެވެ. އަދި ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި އެފަރާތަށް ބައިވެރިނުވެވޭނެ ކަމަށާއި، އެފަރާތުން ޑިޕޮޒިޓްގެ ގޮތުގައި ދެއްކެވި ފައިސާ ވެސް ނުލިބޭނެ ކަމުގައި ދަންނަވަމެވެ.

ނީލަމުގައި ބައިވެރިިވެލެއްވި ފަރާތްތަކުގެ ތެރެއިން ނީލަން ކާމިޔާބު ކުރެއްވި ފަރާތް ނޫން އެހެން ފަރާތްތަކުން ޑިޕޮޒިޓްގެ ގޮތުގައި ދެއްކެވި ފައިސާ ނީލަން ނިމޭތާ ގިނަވެގެން (ސަރުކާރު ބަންދު ދުވަސް ނުހިމަނައި) 07 ދުވަހުގެ ތެރޭގައި އެފަރާތްތަކަށް ހަވާލު ކުރެވޭނެއެވެ. މިކަމާ ބެހޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް ފޯން: 7782301 , 7907224 އާ ގުޅުއްވުން އެދެމެވެ.

18 ޖުމާދަލްއޫލާ 1436 

09 މާރިޗު 2015
ހޯދާ