ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުން.

މިރަށު އަމީނީމަގު ކުނިކޮށީގެ އުތުރުފަރާތުގައި މި އިއުލާނާއެކު އެއްކަރުދާސްކުރެވިފައިވާ ޗާޓްގައި ފާހަގަކޮށްފައިވާ ސަރަޙައްދުގައިހުރި ރުއްގަހުގެ ވެރިފަރާތްތަށް ހޯދަން ބޭނުންވެއްޖެއެވެ. މި ރުއްގަސްތަކުގައި  ދަވާދުން 01 ން 22 އަށް ނަންބަރު ޖަހާފައި ވާނެއެވެ.

                  ވީމާ މަތީގައި ދެންނެވިފައިވާ ރުއްގަހުގެ ވެރިން 04 ޑިސެމްބަރ 2023 ވަނަ ދުވަހުގެ 13:00 ގެ ކުރިން ރުއްގަހުގައި މިހާރު ޖަހާފައިވާ ތަރުތީބު ނަންބަރާއި އަދި އެރުއްގަހުގެ ވެރީންގެ ގޯތީގެ ރަޖިސްޓްރީ ނަންބަރ އެނގޭގޮތަށް މިއިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. ފޯމް މިއިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. މިއިޢުލާނުގެ މުއްދަތުހަމަވާއިރު މަޢުލޫމާތު ސާފުނުވެ އެސަރަހައްދުގައި ރުއްގަސްހުރިނަމަ އެތަކެތިވެސް ހިމެނޭގޮތަށް ވެރިއަކު ނެތް ރުއްގަސް ކަމަށް ބަލައި އެތަކެތި ނައްތާލެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މިގޮތަށް ކަނޑާލެވޭ ރުއްގަހަށް ފަހުން ބަދަލު ހޯދުމަށް އެދިއްޖެނަމަ އެފަރާތަކަށް ބަދަލުދެވޭނީ ޝަރުޢީކޯޓަށް ހުށަހަޅައި ކޯޓުން އެމައްސަލައެއް ނިންމާގޮތެއްގެ މަތީންނެވެ. އަމިއްލަ ފަރާތްތަކުގެ ރުއްގަހުގެ މަޢުލޫމާތު ހުށަހަޅާ ފޯމް މިއިދާރާއިން ލިބެން ހުންނާނެއެވެ.

22 ނޮވެންބަރު 2023
ހޯދާ